ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ!

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި ސަބްސިޑީގެ ގޮތުގައި 4.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް މާލީ ވަޒީރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުއާއި ކަރަންޓުގެ އަގު ކޮންޓްރޯލްކުރަން ފާއިތުވި 3 އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީޒްގެ ގޮތުގައި ހޭދަވެފައިވާ ޖުމްލަ ޢަދަދަކީ ކޮބައިތޯ ސުވާލުކުރައްވިއެވެ. އަދި ސަބްސިޑީޒް ދޫކުރުމުގައި ކެރިފޯރުންތެރިކަން ހުރި މީހުންނާއި ފަގީރުން ބަލާ މިންގަނޑެއް އޮވޭތޯ އާއި ސަބްސިޑީޒް ދޫކުރުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްކަންދޭނެ އުސޫލެއް ކަނޑައެޅިފައިވޭތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވެފައިވަނީ ފާއިތުވެދިޔަ 3 އަހަރު ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް ކުރާ ހަރަދުން، 2019 ވަނަ އަހަރު 491،687،467 ރުފިޔާ ހޭދަވެފައިވާކަމަށެވެ. އަދި 2020 ވަނަ އަހަރު 160،708،767  ރުފިޔާ ހަރަދުވެފައިވާއިރު، 2021 ވަނަ އަހަރު ހަރަދުވީ  99،864،040 މިލިއަން ރުފިޔާކަމަށެވެ.

ކަރަންޓު އަގުހެޔޮކުރުމުގެ ގޮތުން ދޭ ފައިސާގެ ގޮތުގައި 2019 ވަނަ އަހަރު 468،498،920 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށާއި، އަދި 2020 ވަނަ އަަހަރު ހޭދަކޮށްފައިވަނީ 661،468،454 މިލިއަން ރުފިޔާ ހަރަދުކުރެވިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި 2021 ވަނަ އަހަރު ހޭދަކޮށްފައިވަނީ 735،584،966 މިލިއަން ރުފިޔާކަމަށެވެ.

ފެން އަގުހެޔޮކުރުމަށް ފާއިތުވެ ދިޔަ 3 އަހަރުގެ ތެރޭގައި ހޭދަކޮށްފައިވަނީ ހަމައެކަނި 2021 ވަނަ އަހަރެވެ. އެއީ 40،638،551 ބިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މިނިސްޓަރުގެ ޖަވާބުގައި ވަނީ ކާބޯތަކެތި އަގުހެޔޮކުރުމަށްޓަކައި ފާއިތުވެދިޔަ 3 އަހަރުގެ ތެރޭގައި 981 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރުކޮށްފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ހޭދަކޮށްފައިވަނީ 321،042،252 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރުގައި 422،952،728 މިލިއަނަށް ރުފިޔާ ހޭދަކޮށްފައިވާއިރު، 2021 ވަނަ އަހަރު ހޭދަކޮށްފައިވަނީ 238،938،307 މިލިއަން ރުފިޔާއެވެ.

ޕްރީސުކޫލު ހިންގުމަށް ދޭ އެހީގެ ގޮތުގައި 2019 ވަނަ އަހަރު ދޫކޮށްފައިވަނީ 21،247،326 މިލިއަން ރުފިޔާއެވެ. އަދި 2020 ވަނަ އަހަރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާއިރު 2021 ވަނަ އަހަރު ދޫކޮށްފައިވަނީ 20،674،633 މިލިއަން ރުފިޔާއެވެ.

ފިއުލް ސަބަސިޑީގެ ގޮތުގައި 2019 އަދި 2020 ވަނަ އަހަރު އެއްވެސް ފައިސާއެއް ހަރަދުކޮށްފައެއްނުވެއެވެ. ނަމަވެސް 2021 ވަަނަ އަހަރު 460،323،262 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކާބޯތަކެތީގެ ސަބަސިޑީގެ 0.1 އިންސައްތަ ފިޔަވާ ސަރުކާރުން މިހާރުދޭ ހުރިހާ ސަބްސިޑީއަކީ އިންޑައިރެކްޓް ސަބްސިޑީކަމަށް މިނިސްޓަރުގެ ޖަވާބުގައި ބުނެފައިވެއެވެ. އެހެންކަމުން މިއީ ހަމައެކަނި ފަގީރުންނަށް ހާއްސަކޮށްގެން ދޭ ސަބްސިޑީއެއްނޫންކަމަށާއި، އެ ސަބްސިޑީއަކީ ހުރިހާ އެންމެންނަށް ލިބޭ ސަބްސިޑީއެއްކަމަށެވެ.

އެގޮތުން މުއްސަދިންނާއި، ބިދޭސީންނާއި ވިޔަފާރިތައް އަދި ފަތުރުވެރިންނަށްވެސް މި ސަބްސިޑީގެ ފައިދާ ލިބޭނެކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފަގީރުންނަށް ހާއްސަކޮށް ނޭޝަނަލް ޕްރޮޓެކްޝަން އޭޖެންސީ މެދުވެރިކޮށް ކާޑު ފޯރުކޮށްދިނުމުގެ ގޮތުން އެ އިދާރާއަށް ކަބޯތަކެތީގެ ސަބްސިޑީގެ ދޭކަމަށް ފާހަގަކޮށްފައިވެއެވެ. އަދި މި ސަބްސިޑީއަށް ޝަރުތު ހަމަވާކަމަށް ބަލަނީ ޕަވަޓީ ލައިންއަށްވުރެ މަދުން އާމްދަނީ ލިބޭ އާއިލާތަކެވެ. މި ސަބްސިޑީ ލިބެނީ އަމިއްލައަށް އެދުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: