ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. މުނައްވަރުގެ ލަފާ ނުހޯދައި ޗާގޮސް މައްސަލައިގައި ގޮތް ނިންމުން ގޯސް: ޑރ. ވަހީދު

ދރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ޑރ. މުހައްމަދު މުނައްވަރު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ ލަފަޔަކާއި ނުލައި ދިވެހިރާއްޖޭގެ ސަރަހައްދީ އިމާއި ގުޅޭ ކަމެއް ނިންމުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ހަދާ ގޯހެއްކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) ހުށަހަޅާފައިވާ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ވިސްނުން ބަދަލުކޮށްފައިވާކަމަށް މިދިޔަ ހަފްތާގެ ތެރޭގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވަނީ ހާމަކުރައްވާފަ އެވެ.

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ ނިންމުމާއި އެއްގޮތަށް ޗާގޯސް މޮރިޝަސް އާއި ހަވާލު ކުރުމަށް ގޮވާލާ ގަރާރާއި ދެކޮޅު ހަދަމުން އައުމަށް ފަހު ރާއްޖެއިން އެ ނިންމުން ބަދަލު ކުރީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ އެއްބަސްވުމެއްގެ ދަށުންކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ. އަދި ރާއްޖޭގެ ވިސްނުން ބަދަލު ކުރަން ޖެހުނީ، އެކަމުގެ ތެރެއަށް އަވައްޓެރި އިންޑިއާ ގަދަ ގައުމެއްގެ ނުފޫޒުންކަމަށް ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ކަނޑުގެ ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގައި ސްޓޭންޑު ބަދަލު ނުވާކަމަށް ބުނެ، ޗާގޯސް އިސްތިއުމާރު ކުރުމާ ދެކޮޅަށް ސަރުކާރުން ވޯޓު ދޭނެކަމަށް ނިންމި ނިމްމުން ދިފާއުކޮށް ބަޔާންތަކާއި ޕްރެސްތަކެއް ވަނީ ބާއްވާފަ އެވެ. މައްސަލަ ގޯސްވެ މަޖިލީހުގައި ވެސް ބަހުސްތަކެއް ފަށައި ކުރިޔަށް ދާއިރު ޑރ. މުނައްވަރު ވަނީ ރާއްޖޭގެ ސްޓޭންޑުގެ “ޔޫ ޓާނެއް” ނަގަން ޖެހުނު ސަބަބާއި މެދު ގިނަ ދުވާލުތަކެއް އުފައްދައި ސަރުކާރާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުައްވާފަ އެވެ.

ގިނަ މީޑިއާތަކާއި، ސަރުކާރުގެ ސަމާލުކަން ވެސް ހުއްޓުނު މި ޕްރެސް ކޮންފަރެންސަށް ފަހު ޓުވީޓެއް ކުރައްވައި ޑރ. ވަހީދު ވިދާޅުވީ މުނައްވަރަކީ ލޯ އޮފް ދަ ސީގެ ދުނިޔޭގެ ފެންވަރުގެ މާހިރެއްކަމަށެވެ. އެހެންކަމުން ޑރ. މުނައްވަރުގެ ލަފަޔާއި ނުލާ ރާއްޖޭގެ ކަނޑުގެ އިން ކަނޑައެޅުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަކީ، ހެދޭ ގޯހެއްކަމަށް ޑރ ވަހީދު ވިދާޅުވިއެވެ.

މި މައްސަލައިގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމު ލީޑު ކުރައްވާ ޕްރޮފެސަރ ޕަޔަން އަހަވަން ވިދާޅުވީ ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހެދުމަށް މޮރިޝަސް ކުރާ މަސައްކަތުގައި ރާއްޖޭން އެ ގައުމަށް ތައީދު ކުރުމުން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. ޕްރޮފެސާރ ވިދާޅުވީ ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖޭން އެއްބަސްވީ އައިސީޖޭ އެ ގޮތަށް ނިންމުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: