ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 15 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ނުލިބި: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަނީ: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މީރާ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ 15 ބިލިއަން ރުފިޔާ މިހާތަނަށް ނުލިބި ވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ކޮމެޓީގައި ޓީޖީއެސްޓީ ބޮޑުކުރުމާއި ގުޅޭގޮތުން މެމްބަރުން ކުރެެއްވި ސުވާލުތަކަށް ޖަވާބް ދެއްވަމުން އަމީރު ވިދާޅުވީ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 8.9 ބިލިއަން ރުފިޔާ އަދި ޓެކްސްގެ ގޮތުގައި 6.3 ބިލިއަން ރުފިޔާ ނުލިބި ވާ ކަމަށެވެ.

އަމީރު ވިދާޅުވީ އެ މައުލޫމާތުތައް މީރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ޓެކްސްގެ ގޮތުގައި ޓޫރިޒަމް ދާއިރާގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބި ވާ ކަމަށާއި އޭގެތެރޭގައި ޖެނެރަލް ސެކްޓަރ އިން ނެގޭ ޓެކްސް ވެސް ހިމެނޭ ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑް 19 އާއި ގުޅިގެން ޓެކްސް ދެއްކުމަށް އެޅުނު ފިޔަވަޅުތައް މެދުކަނޑާލެވިފައިވި ނަމަވެސް މިހާރު އެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ޓޫރިޒަމް ދާއިރާއިން ނުލިބޭ އާމްދަނީގެ ވާހަކަ ވެސް ދެކެވެން ފެށުނީ އެންފޯސްމެންޓް ފިޔަވަޅުތަކުގެ ތެރޭގައި  ހިމެނޭ ނަން ހާމަކުރުމުގެ އުސޫލުތައް ތަންފީޒުކުރަން ފެށުމުން ކަމަށެވެ. އެގޮތުން ގީގީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާގެ ވެބްސައިޓްގައި ހާމަކުރަން ފަށާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

ޓެކްސް ކްލިއަރެންސް ރިޕޯޓަކީ ވަރަށް ބޮޑު އެންފޯސްމެންޓް ފިޔަވަޅެއް ކަމަށާއި އެމަސައްކަތް ވެސް މިހާރު އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރިސޯޓް ތަކުން ދައްކަންޖެހޭ ބިމުކުލި ހޯދުމުގައި އޮޕަރޭޓިންގ ރިސޯޓް ތަކާއިމެދު އަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅިފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ. އަދި އޮޕަރޭޓް ނުކުރާ ރިސޯޓް ތަކުގެ ކުލި ހޯދުމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް އަމީރު ވިދާޅުވިއެވެ،

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: