ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެ: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ވިދާޅުވީ  މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދު ކުރިއަރުވައި އަދި އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިގްތިސާދީ ސިޔާސަތުތަކުގެ ނަތީޖާ ކަމަށެވެ.

 

އަމީރު އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު އެހެނިހެން ދާއިރާތަކަށް ލިބުނު ކުރިއެރުމާއެކު އެހެން ދާއިރާތަކަށް ވެސް ރަނގަޅު އަސަރެއްކޮށްފައިވާ ކަމަށެވެ.

2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާ ކުރި 7.6 ޕަސެންޓް 9.4 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާ އަދި ޔޫކްރޭން ހަނގުރާމަ އަދި ކޮވިޑާއެކު ޗައިނާ ފަުތުރުވެރިންނަށް ދަތުރުކުރުމަށް ހުރި ހުރަސްތަކާއެކުގައިވެސް 2021 ވަނަ އަހަރާއި އަޅާބަލާއިރު 2022 ވަނަ އަހަރު ރާއްޖެއައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެއީ ކޮވިޑަށް ފަހު ފަތުރުވެރިކަމުގެ ސިނާއަތް ރަނގަޅުވެފައިވާ ކަން އަންގައިދޭ ކަމެއްކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ.

މިއަހަރު ފަތުރުވެރިކަމުގެ ސިނާއަތް ހިނގަމުން އަންނަ ގޮތް ރަނގަޅުވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 20222 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 17.5 އިންސައްތަ އިތުރުވެފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރު ޗައިނާ މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ކުރިން އަންދާޒާ ކުރި 1.81 މިލިއަން ފަތުރުވެރިންގެ ބަދަލުގައި 1.93 މިލިއަން ފަތުރުވެރިން މިއަހަރު ރާއްޖެ އަންނާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ފަތުރުވެރިކަން ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ރާއްޖެ އާއި ބޭރު ދުނިޔޭގައި ފަތުރުވެރިކަން އިޝްތިހާރު ކުރުމާއި ފަތުރުވެރިކަމުގެ އެކި ފެއަރ ތަކާއި ހަރަކާތްތައް ބޭއްވުން ހިމެނެއެވެ.

މިއަަހަރަށް ދައުލަތުން ކަނޑައެޅި 42.8 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 40.7 ބިލިއަން ރުފިޔާއެވެ. އަދި 8.6 ބިލިއަން ރުފިޔާ ޑެފިސިޓް ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: