ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނީ ލޯންޑަރިންގ މައްސަލައިގައި ތުހުމަތުކުރެވޭ ފައިސާ ޖަމާކުރާނީ އެމްއެމްއޭއަށް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އެތެރެކުރާ ނުވަތަ ބޭރުކުރާ ނަގުދު ފައިސާގެ ތެރެއިން މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރާ ކަމަށް ޝަައްކުކުރެވިގެން ހިފެހެއްޓޭ ފައިސާ ޖަމާކުރަންޖެހޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި ހުޅުވާފައިވާ ޕަބްލިކް ބޭންކް އެކައުންޓަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ލިޔުމުން ޖަވާބު ހޯދުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލުގައި ވަނީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގަވާއިދާ ހިލާފަށް އެކި މީހުން ބޭރުކުރަން އުޅެނިކޮށް އެކި ފަހަރުމަތިން އަތުލެވިފައިވާ ގިނަ އަދަދެއްގެ ފައިސާ ހަވާލުކުރާނެ އިދާރާއެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ކަސްޓަމްސްއަށް ދަތިތަކާ ދިމާވަމުންދާ ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ.އެފަދައިން އަތުލެވޭ ފައިސާ ހަވާލުކުރަން ޖެހޭ ވަކި އިދާރާއެއް މިހާތަނަށް ކަނޑައެޅިފައި ނެތީ ކީއްވެތޯ އަދި ކަނޑައެޅިފައިވާނަމަ އެއީ ކޮން އިދާރާއެއްތޯ އަންގައި ދިނުމަށް އެދިފައިވެއެވެ.

އިބްރާހިމް ރަޝީދުގެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް އަންނަ ނުވަތަ ރާއްޖެއިން ބޭރަށްދާ މީހަކު އެމްއެމްއޭ އިން ކަނޑައަޅާ އަދަދެއްގެ ފައިސާ ނުވަތަ އެ އަދަދަށްވާ ބޭރު ފައިސާ ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ ނަގުދު ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓް ރާއްޖެއަށް އެތެރެކުރާނަމަ ނުވަތަ ރާއްޖެއިން ބޭރުކުރާނަމަ ކަސްޓަމްސްއަށް ރިޕޯޓުކުރަންޖެހޭ ކަމަށެވެ.

ރިޕޯޓުކުރަންޖެހޭ ނަމަވެސް ރިޕޯޓުކޮށްފައިނުވާ ނަގުދު ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓަކީ މަނީ ލޯންޑްރިން ނުވަތަ ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ އަމަލަކާ ގުޅުންހުރި ފައިސާ ނުވަތަ ބެއަރާ ނެގޯޝިއަބަލް އިންސްޓްރުމަންޓެއް ކަމަށް ޝައްކުކުރެވޭނަމަ ނުވަތަ ފައިސާގެ އަދަދު ރިޕޯޓުކުރުމުގައި ނުރަނގަޅު މައުލޫމާތު ދީފައިވާނަމަ އެ ހިފެހެއްޓުމުގެ ބާރު ކަސްޓަމްސްއަށް ލިބޭ ކަމަށް  އަމީރު ވިދާޅުވިއެވެ.

މަނީ ލޯންޑަރ ކުރިކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެކަން އިތުރަށް ތަހުގީގުކުރުމަށް ފުލުހުންނާ 24 ގަޑިއިރުގެ ތެރޭގައި ހަވާލުކުރަންޖެހޭ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: