ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ވަކިން ނިކުތުމުން، ބޮޑުތަނުން ތާއީދު ގެއްލިއްޖެ، އެއީ ހަގީގަތް: އަމީރު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރިޔާސީ އިންތިހާބަށް އެކަނި ނިކުުތުމުން ތާއީދު ކުޑަވެއްޖެކަން ހާމަވެގެން ގޮސްފިކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ގޮތުން މިއަދު އިލެކްޝަންސް ކޮމިޝަނަށް އެޕާޓީގެ ފަރާތުން ހުށަހެޅި ފޯމުގެ އަދަދު މަދުކަން ފާހަގަކޮށް އަމީރު ވިދާޅުވީ ވަކިން ނިކުތުމުން މިއަދު ތާއީދު ކުޑަކަން ހާމަވާ ކަމަށެވެ.

އަމީރު ވިދާޅުވީ އެމްޑީޕީ އާއި އެކީގައި ނުކުތުމުން ފުރަތަމަ ބުރުންވެސް 95 ހާސް ވޯޓް ވޯޓް ނަގާކަމަށް ހެކިވާ ކަމަށާއި ނަމަވެސް އެކަނި ނިކުތުމުން އެ އަދަދު 3،500 އަށް ތިރިވެއްޖެ ކަމަށެވެ.

އަމީރު އެފާހަގަކުރެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ނަޝީދަށް ލިބުނު ޖުމްލަ ވޯޓްގެ އަދަދެެވެ. އެއިންތިހާބުގައި ރައީސް ނަޝީދަށް 95،000 ވޯޓް ލިބުނެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ހުސްވި ހަފްތާގެ ތެރޭގައި ދިނުމާއެކު އެޕާޓީން ގެންދިޔައީ މާލެ އާއި ރާއްޖެތެރޭގައި މެމްބަރުން ޕާޓީއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ފެއްޓެވި ފިކުރެއްގެ ދިރުމުން ސިޔާސީ ގޮތުން ހަރަކާތްތެރިވުމަށް އުފެދުނު ޕާޓީއެއް ކަމަށް އެ ޕާޓީ ވުޖޫދަށް ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނާއި މެމްބަރުންގެ ފޯމުތައް ހަވާލުކުރުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވައި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ، އެ ޕާޓީއިންވަނީ ރެޖިސްޓްރޭޝަން މަސައްކަތްތައް އަވަސްކޮށްދެއްވުމަށް އިލެކްޝަންސްގައި ދަންނަވާފައިކަމަށެވެ. އޭނާ ވިދާޅުވީ، ހުށައެޅުއްވީ 3560 ފޯމުކަމަށެވެ. ހަސަން ވިދާޅުވީ ޕާޓީ އުފެއްދުމުގެ ގޮތުން އަމާޒުކުރެއްވީ މިވަގުތަށް 3500 ހަމަކުރެއްވުމަށްކަމަށެވެ. އެހެންނަމަވެސް މިއަދު އިތުރު 60 ފޯމެއް ލިބިވަޑައިގެންނެވުމުން ހުށައެޅުއްވީ އެ ފޯމުތަކާއިވެސް އެކުގައިކަމަށެވެ

އީވާގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި އެކު އެމްޑީޕީގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެ ޑިމޮކްރެޓްސް އާއި ގުޅިފައެވެ. އެމްޑީޕީން ވަކިވުމަށް ފަހު މެމްބަރުން ވިދާޅުވީ އެބޭފުޅުން އެޕާޓީން ވަކިވީ އެމްޑީޕީގެ އަސާސްތަކާއި އުސޫލުތައް ގެއްލިގެންދާތީ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: