ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން މީގެ ކުރިން ދެއްކި އެއްވެސް ވާހަކައެއް ކެތްކޮށްލަން މިއަދު ނުކުރޭ، މިހާރު ވަނީ ބަރަހަނާ ވެފައި: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް / ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއިން މީގެ ކުރިން ދެއްކި އެއްވެސް ވާހަކައެއް ކެތްކޮށްލަން މިއަދު ނުކުރޭ ކަމަށާއި މިހާރު ވަނީ ބަރަހަނާ ވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުރުޅައި މިލަދޫ އަށް ވަޑައިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވީ، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އެމްޑީޕީ އިން ޑިމޮކްރަސީއަށް ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމަށާއި އަދި ސަރުކާރު ބަދަލުނުކޮށް ޑިމޮކްރަސީ ނުގެނެސް ރާއްޖެއަށް އެއްވެސް ބަދަލެއް ނުގެނޭވެ ނަމަށް ބުނެ ރަށްރަށުގައި ހުރި ކުދކުދިކަންކަން ވެސް ބޮޑެތި ކަންކަމަށް އެމްޑީޕީ އިން ހެދި ކަމަށެވެ.

ނަމަވެސް އޭރު، ރައްޔިތުންނަށް އެގޮތަށް ވިސްނައިދީގެން އެމްޑީޕީ އިން ކީ ވާހަކަތައް މިހާރު ވަނީ ހަނދާން ނެތިފައިކަމަށާއި މިއަދު އެމްެޑީޕީގެ ހަގީގީސޫރަ ރައްޔިތުންނަށް ވަނީ ފެނިފައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނެވެނީ ރައީސް މައުމޫނުގެ ވެރިކަން ބަދަލުކޮށްގެން ކަމަށް އެމްޑީޕީ ބުނަމުން ދިޔަ ކަމަށް ކުރީގެ ރައީސް  އަބްދުﷲ ޔާމީން  ވިދާޅުވިއެވެ.

އަޅުގަނޑަށް ހީވަނީ މިލަދޫގެ ލޮބުވެތި ރައްޔިތުންނަށް  ކަންކަން ހިނގަމުން ދިޔަގޮތް އޭރު ދައްކަމުން ދިޔަ ވާހަކަތައް ނިއުޅެމުން ނިއުޅެމުން ދިޔަ ވަރަކަށް އެމްޑީޕީގެ ހަގީގަތްތައް އެނގެމުންދިޔަލެއް ބޮޑީ. އަދި ހަމަ އެއާއެކީ ރައީސް މައުމޫންގެ ސަރުކާރު ތެރޭގައި ވެސް އިސްލާހު ގެންނަން ބޭނުންވާ މީހުންނާއި އޭގެ ފަހުންވެސް އިސްލާހަށް ލޯބިކުރި ބަޔަކާއި ގައުމު ދެކެ ލޯބި ކުރާ ބަޔަކު ތިބިކަންވެސް އެންގުނީ. މިހުރިހާ ކަމަށަކަށް ވުރެ ބޮޑަށް އަޅުގަނޑު ގަބޫލުކުރަނީ މިލަދޫގެ ރައްޔިތުނަނަށްވެސް އެމްޑީޕީގެ ހަގީގީ ސޫރަ ފެނިގެން ދިޔައީ، އެހެންވީމަ އެހާކުރިން ހަގީގީ ސޫރަ ފެނިގެން ދިޔައީ. މިއަދު މިއޮތީ ހަގީގީ ސޫރަ ފެންނާކަށް އިތުރަށް ހޯދަނެކަމެއް ނެތް. މިއަދު މިއޮތީ ބަރަހަނާވެފައި، ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް ތަރައްގީ އާއި ބޭނުންވާ ކަންކަން ހުންނާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ ގައުމު މިއަދު އޮތް ހާލަތު އަޑު އަހަން ޖެހޭ ކަމަށެވެ. މިއަދު މަގުމަތިގައި ތިބެން ޖެހެނީ ގައުމުގެ ހައްގުގައި ކަމަށާއި ދީނުގެ އަސާސްތައް ގެއްލިގެން ދާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔމާިން ވިދާޅުވީ މިއަދު އިވުނު ވާހަކަ އަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މަރުވި ވާހަކަ ކަމަށާއި އެއީ ތޮބީއީ މަރަކަށް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ދައްކާ މިސާލު އެއްގޮތަކަށް ބޭނުން ކުރަން ދަސްކުރަންޖެހޭ ކަމަށެވެ.

މިހާރު އެމްޑީޕީ އަށް ވެރިކަން ލިބުމުން ފުލުހުންނާއި ސިފައިންވެސް ރަނގަޅު ކަމަށާއި އަނިޔާ ކުރުންވެސް ރަނގަޅު ކަމަށާއި އެއްވުން މަނާ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަށް ވަރަށް ގިނަ ކަމަށާ ހުރިހާ ދިމާލަކުންވެސް ފެންނަށް އޮތީ ހުރަސްތައް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: