ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމުގެ ދަހިވެތިކަމުގައި އިމްރާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު ޝައިހު އިމްރާން އަބްދުﷲ އަކީ، މަގާމުގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއްވެސް ކުރައްވާފާނެ ބޭފުޅެއްކަމަށް މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްސަލައިގައި ރައީސް ސާލިހު ވިދާޅުވި ވާހަކަތަކަކީ ތެދުމަކަށް އިމްރާން ހެކިވުމާއި އެކު، ނުރުހުން ފާޅުކުރައްވާ ޝިޔާމް ވިދާޅުވީ، މޭޑޭގައި އިމްރާން ހުންނެވީ “ކޮނޑުހުޅުން ނެއްޓޭވަރަށް” ކަރުދާސްތަކެއް ހިއްޕަވައިގެންކަމަށެވެ. އަދި ކަރުދާސްތަކެއް ދެއްކުމަށްފަހު، އެއީ ޑރ އަފްރާޝީމުގެ މަރުގެ މައްސަލަ އާއި ގުޅުން ހުރި ހެކިތަކެއް ކަމަށް އިމްރާން ވިދާޅުވެފައިވާ ކަން އެނާ ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ، މޭޑޭ މުޒާހަރާގައި ޑރ އަފްރާޝީމް މަރާލި މީހުން އެނގިލައްވާކަމަށް އިމްރާން ވިދާޅުވެފައިވާކަމަށާއި، ހެކި ހުރިކަމަށްވެސް އެނާ ވިދާޅުވިކަމަށް އިޝާރާތްކުރައްވާ، ޝިޔާމް ވިދާޅުވީ، އެހެން ނަމަވެސް މަޖިލީހުގައި އެވާހަކަތަކާއިމެދު ސުވާލު ކުރުން އިމްރާން ވަނީ އެ ކަރުދާސްތައް ފުލުހުން އަތުލިކަމަށް ވިދާޅުވެފައިކަމަށް ފާހަގަކުރައްވާފައެވެ. އަދި އިމްރާނަކީ، މަގާމަށް ދަހިވެތި ބޭފުޅެއްކަމަށާއި، މަގާމެއް ހޯއްދެވުމުގެ ބޭނުމުގައި އެނާ ކޮންމެ ފަދަ ކަމެއްވެސް ކުރައްވަފާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

 

ރައީސް ސާލިހު ދެއްކެވި ވާހަކަތަކަށް ތާއީދު ކުރައްވާ، އެވާހަކަތައް ތެދުކަމަށް ވިދާޅުވުމާއި އެކު، އިމްރާނަށް ޝިޔާމްގެ ފާޑުކިޔުންތައް އަމާޒުވެގެންދިޔައިރު، އެނާ ވަނީ ރައީސް ސާލިހަކީ އިސްލާމް ދީނުގެ ސައްހަ އަގީދާ ހިމާޔަތް ކުރައްވާ، ގައުމުގެ މިނިވަންކަން އަދި އިސްތިގުލާލް ދެމެހެއްޓުމަށް ކުރައްވަންޖެހޭ ކޮންމެ މަސައްކަތެއްވެސް ކުރައްވާނެ ބޭފުޅެއްކަމަށް ވިދާޅުވެފައެވެ. އަދި އެނާ އަށް އެކަންކަން ކަށަވަރު ކުރެވޭކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: