ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށްވުރެ ބޮޑު ނިއުމަތެއްގައި އޮތް ގައުމެއް ދުނިޔެއަކު ނެތް: އިމްރާން

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި އިމްރާން ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށްވުރެ ބޮޑު ނިއުމަތެއްގައި އޮތް ގައުމެއް ދުނިޔެއަކު ނެތްކަމަށް، ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ އިންސާނަކަށް ދެއްވާނެ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމްދީން ހިތުގެ އަޑިން ފުރިހަމައަށް ގަބޫލުކުރުމުގެ ތައުފީގުދެއްވުންކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ކިޔާއިރު ދިވެހިރާއްޖެއަކީ މީސްކޮޅު މަދު، ކުޑަ އިގްތިސާދެއް އޮތް ގައުމެއްކަމަށާއި، ރާއްޖެއަށް ބޮޑެތި ގޮން ޖެހުމާއި ދަތިތައް އެބަހުރިކަމަށް ފާހަގަކުރައްވާ، އިމްރާން ވިދާޅުވީ އިސްލާމްދީނުގެ ނިއުމަތައް ވިސްނައިފި ކަމުގައިވަނީނަމަ، ރާއްޖެއަށްވުރެ ބޮޑޫ ނިއުމަތެއްގައި އޮތް ގައުމެއް ނެތްކަމަށެވެ. ސައްތައިން ސައްތަ މުސްލިމު ގައުމުތައް ދުނިޔޭގައި މަދުކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ސާލިހާއި ގާތުން މަސައްކަތްކުރައްވާ ބޭފުޅެއްގެ ހައިސިއްޔަތުން ރައީސް ސާލިހަކީ މިނިވަންކަމާއި އިސްތިގުލާލު ދަމަހައްޓަވާނެ ބޭފުޅެއް ކަމުގެ ޔަގީންކަން ވެސް އިމްރާން ވަނީ ދެއްވާފައެވެ.

އެހެންކަމުން އެގޮތުގެ މަތީގައި އަޅުގަނޑުމެން ދެމިތިބުމަށްވުރެ ހެޔޮކަމެއް އަޅުގަނޑުމެންނަކަށް ނެތް، އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް އަޅުގަނޑުމެން ކުރާކަން ނެތް

އެހެންކަމުން އެގޮތުގެ މަތީގައި ދެމިތިބުމަށްވުރެ ހެޔޮކަމެއް ނެތްކަމަށާއި، އެގޮތުގެ މަތީގައި ދެމިތިބުމަށް ކުރިމަތިވެދާނެ ގޮންޖެހުމަކުން ސަލާމަތްވުމަށްވުރެ ވަކިން ބޮޑު މަސައްކަތެއް ނެތްކަމަށް ފާހަގަކޮށް އިމްރާން ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ އެ މަގުން ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: