ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްޔިތެއްގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ ޝަރުއީ ބަލަދުވެރިން ހުއްދަ ދިނުމުން: އާޒިމާ

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރެއް ކުރިމައްޗަށް ހާޒިރުނުކޮށް، އެއްވެސް މީހަކު 24 ގަޑިއިރަށްވުރެ ގިނަ އިރު ހިފެހެއްޓުމުގެ ހައްގު ފުލުހުންނަށް ލިބިގެންނުވާކަމަށާއި، މަރުވެފައި އޮތް މީހެއްވެސް ގާނޫނޫގެ މި މާއްދާއިން އިސްތިސްނާ ނުކުރެވޭކަމަށް ކުރީގެ ބަނޑާރަ ނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހަކު ނިޔާވި މައްސަލައަށް އަލި އަޅުވައި އާޒިމާ ވިދާޅުވީ، ގާނޫނު އަސާސީގައި ވާގޮތުން، އެއްވެސް މީހަކު ހިފާ ހައްޔަރު ކޮށްގެން 24 ގަޑިއިރަށްވުރެ ގިނަ އިރު ހިފެހެއްޓޭނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށްފަހު، ކޯޓުއަމުރެއް ހޯދައިގެންނެވެ. އަދި މި މާއްދާއިން މަރުވެފައިވާ މީހެއްވެސް އިސްތިސްނާ ނުކުރެވޭކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ޖިނާއީ އިޖުރާއަތު ގާނޫނަށް ބަލައިފި ނަމަ، އެއްވެސް މީހެއްގެ ހަށިގަނޑުން ސާމްޕަލް ނެގޭނީވެސް އެމީހެއްގެ ހުއްދަ ލިބިގެންކަން ސާފުވާކަމަށެވެ. އަދި ޕޯސްޓް މޯރޓަމް ހެދުމާއި ބެހޭ ގާނޫނެއް ނެތުމުން އަމަލު ކުރަން ޖެހޭނީ އިސްވެ ބަޔާން ކުރެވުނު ހުކުމަށް ކަމަށާއި، މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފަޅައި ސާމްޕަލް ނެގޭނީ ޝަރުއީ ބަލަދުވެރިޔާ ނުވަތަ ވާރިސުން ހުއްދަ ދިނުމުންކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާ ވިދާޅުވީ، މައްޔިތާގެ ހަށިގަނޑު އާއިލާއާއި ހަވާލުނުކޮށް ބޭއްވޭނީ ކޯޓު އަމުރެއްގެ ދަށުން އެކަނިއެވެ. އަދި މައްޔިތާގެ ހަށިގަނޑަކީ ވާރިސުންގެ ހައްގެއް ކަމަށާއި، އާއިލާގެ ނުރުހުމުގައި ހަށިގަނޑު ހިފަހައްޓައި، ރާއްޖެއިން ފުރުވާލައި، ޕޯސްޓް މޯޓަމް ހެދުމުގެ ބާރެއް އެއްވެސް ގާނޫނަކުން ދައުލަތަށް ލިބިދީފައިނުވާނެކަމަށް އެނާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، އާއިލާގެ ނުރުހުމުގައި އެފަދަ ކަމެއް ކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އަދި ދައުލަތުގެ ހަވާލުވެހުރި މީހާ ނުވަތަ މުއައްސަސާއެއްގެ އިހުމާލު އޮތްކަމަށް ކޯޓަށް އެކަށީގެންވާ ޝައްކު އޮތް ހާލަތެއްގައި އާއިލާ ނުވަތަ ކޯޓް އިން ގަބޫލު ކުރާ ތަނަކުން ނޫނީ ޕޯސްޓް މޯޓެމް ނެހެދުމަށްވެސް އަމުރު ކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: