ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފްކޯ އިން ފިޔަވަތީގެ ކިޔަވާ ކުދިންނަށް އެހީވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މިފްކޯގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ކުންފުނީގެ މުވައްޒަފުން ފިޔަވަތީގެ ކުދިންނަށާއި މުވައްޒަފުންނަށް ކިޔެވުމަށް ބޭނުންވާ ތަކެއްޗާއި ފޮތް ހަދިޔާ ކޮށްފިއެވެ.

މިފްކޯގެ ފަރާތުން ފިޔަވައްޗަށް ކުރި ޒިޔާރަތުގައި ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާން އާއި ސީއެފްއޯ އިލްޔާސް ހަނީފް އާއި ކުންފުނީގެ ޖެނެރަލް މެނޭޖަރު ބައިވެރިވެފައިވެއެވެ.

މިފްކޯގެ 29 ވަނަ އަހަރީ ދުވަސް މިއަހަރު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އެގޮތުން ކުންފިނީގެ ހުރިހާ މުވައްޒަފުން ބައިވެރިވާހެން ވޮލީ، ބަށި އަދި ފުޓްސަލް މުބާރާތްތައް ފެށިގެން ކުރިއަށް ހިނގަމުންދާ ކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

1 ނޮވެމްބަރު 1993 ގައި ދިވެހިން ބާނާ މަސް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމަށް ސަރުކާރުން އުފެއްދި ކުންފުނި މިފްކޯ އިން ގެންދަނީ މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގަި ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ކުރިަށް ގެންދާ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ތަރައްގީ ކުރުމާޢި ކޫއްޑޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއު ހިމެނެއެވެ.

މީގެ އިތުރުން މިފްކޯ އިން ގެންދަނީ ބްރައިން ފްރީޒިން ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއެއް ފަށާފައެވެ.

މިފްކޯގެ ފަރާތުން މަސްވެރިން ބާނާ މަސް ކިރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ތައް ގިނަ ރަށްތަކުގައި ކުރިއަށްގެންދާ ކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: