ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ކޯޓަށް!

އާއިލާ މެމްބަރުން މޯޗަރީއަށް ވަނުމަށް ފުލުހުން ވަނީ ހުރަސްއަޅާފައި/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އިހުމާލުން މަރުވިކަމަށް ތުހުމަތުކުރާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދުގެ ހަށިގަނޑު ހޯދުމަށް އާއިލާއިން ސިވިލް ކޯޓަށް ހުށައަޅާއިފިއެވެ.

ފުލުހުންގެ އިހުމާލުން 43 އަހަރުގެ އަބްދުﷲ ރަޝީދު މަރުވެފައި ވަނީ ދެ ގަޑިއެއްހާއިރު ވޭނާއި ތަދާއި އެކު ރޮއި ހޭރުމަށް ފަހުގައި އާއިލާއިން ވަނީ ބުނެފައެވެ.

ހޯނޑެއްދޫ އިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ލޯންޗަށް އެރުވި ގަޑީގައި މެއަށް ތަދެއް އަރައި އޭނާ ވަނީ ނިޔާވެފައެވެ. މި މައްސަލައިގައި އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އާއިލާއިން ބުނިގޮތުގައި އަބްދުﷲ އަށް ސިއްހީ ފަރުވާ ދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ފުލުހުންނަށް ދެންނެވި ނަމަވެސް ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ސިއްހީ މަރުކަޒުގެ މެނޭޖަރު ލޯންޗް ދޮށަށް ގޮސް އެތަނަށް ޑޮކްޓަރަކު ވެސް ގެނެވިދާނެ ކަމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން ވަނީ އަބްދުﷲ އަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައިކަމަށް އާއިލާއިން މީޑިއާތަކަށް ހިއްސާކުރިއެވެ.

މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށްކަމަށް ބުނެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ވަނީ ފުލުހުން އެދުނު ގޮތަށް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައެވެ. ނަމަވެސް އާއިލާއިން އަންނަނީ މި ނިންމުމާއި ދެކޮޅު ހަދައި ޕޯސްޓްމޯޓަމް ހެދުމަށް ބޭނުންނޫންކަމަށް ބުނަމުންނެވެ. އާބްދުﷲ ގެ އާއިލާއިން ގަބޫލުކުރާ ގޮތުގައި ޕޯސްޓްމޯޓަމް ހެދި ނަމަވެސް، ދެން ވާނެ ފައިދާއެއް ނެތެވެ. އެހެންކަމުން އާއިލާއިން އެދެނީ ހަށިގަނޑު އާއިލާއަށް ދިނުމަށެވެ. ނަމަވެސް ދައުލަތުން އަންނަނީ ހަށިގަނޑު ދިނުމާއި ދެކޮޅު ހަދަމުންނެވެ.

މި މައްސަލަ އާއި ގުޅިގެން  “ސަންގު” އަށް މައުލޫމާތު ދެމުން އާއިލާއިން ބުނީ ހަށިގަނޑު ހޯދުމަށް ސިވިލް ކޯޓަށް ހުށައަޅާ، މިއަދު ޝަރީއަތުގެ އަޑުއެހުމެއްވެސް އެބަ އޮތްކަމަށެވެ. ރޭ އަބްދުﷲގެ އާއިލާއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައްދަލުކޮށްފައިވާއިރު، އެބޭފުޅާއަށް ހަވާލާދީ އާއިލާއިން ބުނީ ކޯޓުގެ ކޮންމެ ނިންމުމަކަށްވެސް ފުލުހުން ތަބާވާނެކަމަށް ހަމީދު ވިދާޅުވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 82%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: