ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުނުކޮށް، އެކަމަށް އިޖާބަނުދީ ގޮސްގެން ނުވާނެ: ސީޕީ ހަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު: ފޮޓޯ/ ފުލުހުންގެ މުއައްސަސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން ރައްޔިތުން އެދޭކަމަށާއި ކުށާއި ކުށުގެ ބިރުވެރިކަމުން ރައްކައުތެރި ކުރެވިފައިވާ މުޖުތަމައެއް ބިނާ ކުރުމަށް ފުލުހުންގެ މުއައްސަސާއިން ކެނޑިނޭޅި  މަސައްކަތްކުރަންޖެހޭކަމަށް ރައްޔިތުން ގަބޫލު ކުރާކަމަށްވުމުން އެކަން ހަގީގަތަކަށް ހެދޭނީ ފުލުހުންނަކީ ޒިންމާދާރު ޖަވާބުދާރީ ކުރުވަނިވި ހިދުމަތަކަށްވެގެންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކަޑަމީގައި ފުލުހުންގެ އިނިޝަލް ޓްރޭނިންގ ނިންމުމުގެ ރަސްމިއްޔާތުުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ، ފުލުހުންގެ މުއައްސަސާއިން ކުރާ ކޮންމެ ކަމެއް އަދި ނުކޮށް ދޫކޮށްލާ ކޮންމެ ކަމަކަށްވެސް ޖަވާބު ދާރީ ވާންޖެހޭނެކަން ގަބޫލުކުރަންޖޭހޭކަމަށެވެ. ހަމީދު ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރުމަށް ނުކުންނައިރު ހިދުމަތް ލިބިގަންނަ ފަރާތުގެ ވާހަކަތައް ސަމާލުކަމާއިއެކު އަޑު އަހަންޖެހޭކަމަށެވެ. އަދި އެ ފަރާތެއްގެ ކަންބޮޑުވުންތައް ދެނެގަނެ އެކަމެއް ހައްލު ނުކޮށް ދޫކޮށްލައިގެން ނުވާނެކަމަށާއި، އެކަަމަށް އިޖާބަނުދީ ގޮސްވެގެންވެސް ނުވާނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ފުލުހުންގެ ޔުނިފޯރމް ރައްޔިތުންގެ ހިތްތަކަށް ހިތްހަމަޖެހުމަކަށްވެގެންދާނީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދޭ ބަޔަކަށްވެގެންކަމަށެވެ. އެހެންކަމުން ފުލުހުންގެ މުއައްސަސާގެ އަޒުމާއި ހިތްވަރުގެ މަތީގައި ސާބިތުވެ ދެމިތިބުމަށް ފުލުހުނަށް އިލްތިމާޒްކުރައްވާކަމަށްވެސް އެނާ ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ރައްޔިތުންނަށް ބޮޑުވެއްޖެ ކޮންމެ ކަމެއްގައިވެސް އެހީތެރިވާ ފުރަތަމަ އަތަކީ ފުލުހުންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެކަމަށެވެ. އަދި އެ އެހީތެރިކަން އޮންނަނީ ލޮތްބާއި އަޅާލުމާއި އޯގާތެރިކަމާއިއެކު ފޯރުކޮށްދޭ ހިދުމަތުގެ މައްޗަށް ބިނާވެފައިކަން އަބަދުވެސް ދައްކުވައިދޭންވާނެކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ތަމްރީނާއި ތައުލީމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަދައްވަމުން ކޮމިޝަނަރ ވިދާޅުވީ، ރައްޔިތުން ކުރާ އުންމީދާއި ޒަމާން ބަދަލުވަމުންދާ ހަލުވި މިނުގެ ގޮތުން ފުލުހުންގެ ތަމްރީނުތަކަށް އަދިވެސް ބަދަލު ގެންނަން ޖެހޭކަމަށެވެ. އެހެންކަމުން އަލަށް ފުލުހުންގެ ތައުލީމު ދިނުމަށް ހާއްސަ ކުރެވިފައިވާ ކޮލެޖު ހަމަ އިސްކޮޅަށް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ހަމީދު ވިދާޅުވީ، ފުލުހުންގެ ހުރިހާ މަސައްކަތެއްގައިވެސް ކޮލެޖުގެ ދައުރު ވަރަށް މުހިންމުކަމަށެވެ. އެގޮތުން ފުލުހުންގެ ކަންކަމުގައި ކަނޑައެޅޭ މިންގަނޑުތަކާއި ދެވޭ ތަމްރީނާއި އެއް ސީދާ ވާންޖޭހޭކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، މުއައްޒިފުންގެ ކިބައިގައި މަސައްކަތުގެ ވައްޓަފާޅި އަށަގެންނެވުމަށް ތަމްރީނުގެ ތެރެއިން މަސައްކަތްކުރުމާއި އޮޕަރޭޝަނަލް ކޮންމެ ހާލަތެއްގައިވެސް ހުރިހާ ގޮތަކުން “ފިޓް” “މަލްޓި ސްކިލްޑް” ފުލުހުން ބިނާ ކުރުމާއި ކުށް ކުރުން މަދުކޮށް ކުށްވިޔަ ނުދިނުމަށް ބޭނުންވާނެ އީޖާދީ ކަންކަން ދެނެގަތުމާއި އެ ނޫންވެސް ރައްޔިތުންނަށް ރައްކައުތެރިކަން ފޯރުކޮށްދޭނެ މާހައުލެއް ގާއިމު ކުރުމުގައި ކޮލެޖުގެ ދައުރުވެސް ބޮޑުކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: