ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަރޕޯލްގައި މަސައްކަތް ކުރާ ފުރަތަމަ ދިވެހި ފުލުހަކަށް ރިލްވާން

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޓަޕޯލްގައި މަަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުހަކަށް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ރިލްވާން ޝަރީފު ހަމަޖެހިއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު  ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޮލްގެ ފައިނޭންޝަލް ކްރައިމް އެންޑް އެންޓި ކޮރަޕްޝަން ސެންޓަރުގައި ތިން އަހަރު ދުވަހަށް ރިލްވާން މަސައްކަތް ކުރުމަށް ލިޔުން ހަވާލުކޮށްފައިވާ ކަމަށެވެ.

 

ރިލްވާންގެ އިންޓަރޕޯލްގެ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ  މަހުގެ ފުރަތަމަ ދުވަހުއެވެ.

އިންޓަނޭޝަނަލް ޕޮލިސް ނުވަތަ އިންޓަރޕޯލް އަކީ މީގެ 99 އަހަރު ކުރިން އުފެދުނު ޖަމާއަތެކެވެ. އިންޓަޕޮލްގައި 195 ގައުމަކުން ބައިވެރިވެފައިވެއެވެ.

ސީޕީ ހަމީދު ވިދާޅުވި ގޮތުގައި ދިވެހި ފުލުހުންނަށް އިންޓަރޕޯލްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން އެކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ދިދަ އުފުލުމާއި ފުލުހުންގެ ގާބިލުކަން އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: