ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޯޅަވައްސަކީ ރާއްޖޭގެ 20 ވަނަ އަތޮޅު: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ)/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ފޯޅަވައްސަކީ ރާއްޖޭގެ 20 ވަނަ އަތޮޅުކަމަށާއި، ފޯޅަވަހީގައި ދިރިއުޅުނު މީހުން ދިވެހި ރައްޔިތުންގެ ގޮތުގައި ބަލަގަންނަން ޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ އިގްތިސާދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް މައްސަލައެއް ހުށައަޅާ، އެކަމާއި ގުޅިގެން މީގެ ކުރިން ރާއްޖެއިން ނަގާފައިވާ ސްޓޭންޑް ބަދަލުކުރުމުގެ މައްސަލައާއި ގުޅިގެން ގިނަ ބަޔަކު ބަހުސްކުރަމުންދާ މި ދަނޑިވަޅުގައި “ޗާގޯސިއަން ވޮއިސެސް” ކިޔާ ގުރޫޕަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޗާގޮސް އައިލެންޑްސްގެ އަސްލު ވަޒަންވެރިންނަކީ އެމީހުންކަމަށެވެ. ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޗާގޯސް އިން އެމީހުން ބޭލީ ގަދަކަމުންކަމަށާއި، ނަމަވެސް އެ ރަށްތަކުގެ މިނިވަންކަމާ މެދު ގޮތް ނިންމުމުގެ ބާރު އޮންނަންޖެހޭކަމަށެވެ.

މި ބަޔާނާއި ގުޅިގެން ޓުވީޓެއް ކުރައްވާ އިބްރާހީމް ރަޝީދު ވިދާޅުވީ 2500 ކިލޯ މީޓަރު ދުރުގައި އޮންނަ މޮރިޝަސްގެ އަތޮޅެއްގެ ގޮތުގައި ފޯޅަވަހި އޮތުމުގެ ބަދަލުގައި އެތަނުގައި ދިރިއުޅޭ ބަޔަކަށް ފަސޭހަ ވާނީ ރާއްޖޭގެ އަތޮޅެއްގެ ގޮތުގައި އޮތުމުންކަމަށެވެ. އަދި އިބްރަހީމް ރަޝީދު ވިދާޅުވެފައިވަނީ ރާއްޖޭގެ 20 ވަނަ އަތޮޅެއްގެ ގޮތުގައި ފޯޅަވީގައި ދިރިއުޅުނު މީހުން ދިވެހި ރައްޔިތުންގެ ގޮތުގައި ބަލަގަންނަން ޖެހޭކަމަށެވެ.

“ޗާގޯސިއަން ވޮއިސެސް” ނެރެފައިވާ ބަޔާނުގައިވާގޮތުން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް އިން ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް ނިންމިއިރު، އެމީހުންނަށް ބަސްބުނުމުގެ ހައްގު ލިބިދޭންޖެހޭނެެއެވެ. އެހެންކަމުން ޗާގޯސިއަން އިން ވަނީ ނިންމުން ބާތިލުކޮށް އެ މައްސަލަ އަލުން ބެލުމަށް ގޮވާލާފައިވާއެވެ.

މި މައްސަލާގައި ދިވެހިން ކަންބޮޑުވުން ފާޅުކުރަނީ ފޯޅަވަހި މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމާއިމެދު ދިވެހިން މީގެ ކުރިން ގެންގުޅެފައިވާ ސްޓޭންޑް ބަދަލުކުރުމާއި ގުޅިގެންނެވެ. މޮރިޝަސްއިން އދ އަށް ހުށައަޅާފައިވާ މައްސަލައިގައި އެ ގައުމާއި އެއް ކޮޅަށް ވޯޓުދިނުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީއިން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުން އެ ހުށައެޅުމާއި އެއްކޮޅަށް ވޯޓު ދިނުމަށް ނިންމީ، އެއީ އިސްތިއުމާރާއި ދެކޮޅަށް ދިވެހިރާއްޖެއިން ގެންގުޅެމުންދާ ސިޔާސަތާއި، ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގެ ގޮތުންކަމަށެވެ.

ވަރަށް ގަދަ
27%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 7%ހައިރާންވެއްޖެ 7%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކިހާ ބޮޑުވެއްޖެ ކަމެއްމީ މ8ސަރުކާރަކާހުރެ މިގައުމު ފަނާވެ ނިމިއްޖެ، ކުރީގެ ސުޓޭންޑު ބަދަލު ކުރާކަށް ނުޖެހޭ ކޮންމެހެން މާދޮގުތަކެއްހަދާކަށްވެސް ނުޖެހޭ، އަމއްލަ އެދުމައިގެން ކުރި ކަމެއްކަމަށް ބުނެބަލަ، ތި ލާރިގަނޑުވެސް ކައި ހުސްކުރާނީ ހަމަ ސަރުކާރުގެ މަތިފަޑީގެ މީހުންގަނޑު މި ގައުމަށް ހަރާމް ވާނެ ކަމެއް، ބިރެއް ލަދެއް ހަޔާތެއް ނެތި މި ބައިމީހުން މި ތެޅި ފޮޅެނީ ހަމަ އަމިއްލަ ޖީބު ބޮޑުކުރަން،
    މި މައްކާރުންގެ ސަރުކާރުން ވިސްނަނީ މިބައިގަނޑުގެ ސަރުކާރު ފޭލި ވީތީ ދެން މިގައުމުގެ ވެރިކަމަކަށް ޖެއްސުން ކޮށް ގައުމު ނުހިންގޭވަރަށް ގައުމު ދަރުވާލާ ނުވިތާކަށް ފަރަންޖީންނާ ޖައްސުވާ ގައުމު ހަލަބޮލިކޮށް ދިވެހި ނަސލު މިގައުމުން ބޭރުކުރަން، ފިނިހަނގުރާމައެއް މިގައުމުގާ ހިންގުވާނެ ބައެއް މިހާރު ވެރިކަމުގާ މި ތިބީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: