ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮރިޝަސްއިން ރާއްޖެއިން މަސް ގެންދިއުމަށް ފަހު ޔޫރަޕަށް ވިއްކަނީ ދިވެހިންނަށްވުރެ އަގު ހެޔޮކޮށް: ބޮންޑެ

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން ބާނާ މަސް، މޮރިޝަސްއަށް ގެންގޮސް ރީބްރޭންޑު ކުރުމަށް ފަހު، ދިވެހިންނަށް ވުރެ އަގު ހެޔޮކޮށް ޔޫރަޕުގެ ގައުމުތަކަށް ވިއްކާ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސް ދެމެދު ޖެހިފައިވާ މައްސަލައިގައި ރާއްޖޭގެ ސިޔާސީ ވެރިންގެ ތެރޭގައިވެސް ކޯޅުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އިބްރާހިމް ރަޝީދު ވިދާޅުވީ، ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް ވިއްކާ މަހުގެ ބާވަތްތަކަށް 22 އިންސައްތަ ޑިއުޓީ ނަގާކަމަށެވެ. އެހެން ނަމަވެސް މޮރިޝަސްއިން ޔޫރަޕަށް ވިއްކާ މަހުން އެއްވެސް ޑިއުޓީއެއް ނުނަގާކަމަށްވެސް އެނާ ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވީ، ރާއްޖެއިން ޑިއުޓީ ނަގާއިރު، މޮރިޝަސް އިން ނުނަގާތީ، އެ ގައުމަށް މަސް ގެންގޮސް “ޕްރިންސަސް” ބްރޭންޑުގެ ނަމަށް ރީބްރޭންޑު ކުރުމަށްފަހު، ޔޫރަޕުގެ ގައުމުތަކަށް ވިއްކާ ކަމަށެވެ. އަދި ޑިއުޓީއެއް ދައްކަން ނުޖެހުމުން ވިއްކަމުންދަނީ ދިވެހިންނަށްވުރެ އަގު ހެޔޮކޮށް ކަމަށްވެސް ވިދާޅުވިއެވެ.

 

ދިވެހި ތާރީހުގައި މިފަދަ ކަންކަން ކުރިމަތިވެފައިވާކަމަށް އިޝާރާތްކުރައްވާ އިބްރާހިމް ވިދާޅުވީ، ޑަޗް މީހުން ލަންދޭސީ ޑަޗް އީސްޓު އިންޑިއާ ކުންފުނިން އިންޑިއާ ކަނޑުގައި ދިވެހިން ކުރަމުން ގެންދިޔަ ވިޔަފާރިތައް އަތުލި ކަމަށެވެ. އަދި އަނެއްކާވެސް ދިވެހިންގެ މަސް ކަނޑުތައް މޮނޮޕޮލައިޒްކޮށްގެން މޮރިޝަސްއިން އެ އަތުލަނީ ކަމަށާއި އެފަދަ ފުރުސަތެއް ދީގެން ނުވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: