ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އއ މާޅޮހުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ކައުންސިލުން ރައީސް ސާލިހު އާއި ހިއްސާކޮށްފި

ރައީސް ސާލިހު އއ މާޅޮސް ކައުންސިލާއި ބައްދަލުކުރައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އއ މާޅޮހުގެ ތަރައްގީއާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެ ރަށުގެ ކައުންސިލާއި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި އއ މާޅޮހު ކައުންސިލާއިއެކު، އެ ރަށުގެ އަންހެނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ބައިވެރިވެފައިވާއިރު، އެ ރަށުގެ ތަރައްގީއާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވިފައިވެއެވެ.

މާޅޮހު ކައުންސިލުންވަނީ މިވަގުތު ރަށަށް އެންމެ ބޭނުން ޖެހިފައިވާ ކަމެއްގެ ގޮތުގައި، ސިއްހީ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުން ފާހަގަކޮށްފައެވެ. އަދި ޒަމާނީ ފެންވަރަށް ފަރުމާކުރެވިފައިވާ މިސްކިތަކާއި، ފަތުރުވެރިކަން ކުރިއެރުވުމާއި އާންމުންނަށް ބޭނުންކުރެވޭނެ ބީޗެއްވެސް ބޭނުން ވާކަމަށް ކައުންސިލުންވަނީ ފާހަގަކޮށްފައެވެ.

ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވުމުގެ އިތުރުން، މާޅޮހު ކައުންސިލުންވަނީ އެ ރަށުގެ ކުނި މެނޭޖު ކުރުމަށް ބޭނުން ކުރަމުންދާ އުޅަނދުތައް މައްސަލަޖެހި، ދަތިތަކެއް ކުރިމަތިވަމުންދާކަމަށް ރައީސް ސާލިހަށް ދަންނަވާފައެވެ. އަދި އެ ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ދަތިތަކާއި، އެފަދަ މީހުން ރައްޔިތުންގެ ތެރެއިން ތަމްރީނުކޮށް އުފެއްދުމަށްވެސް ދަތިތަށް ހުރިކަމަށް ކައުންސިލުންވަނީ އިޝާރާތްކޮށްފައެވެ.މި ބައްދަލުވުމުގައި ބައިވެރިވި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން ވަނީ ބަޖެޓުގެ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަކޮށްފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކައުންސިލުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު، ރައީސް ސާލިހުވަނީ ކުރިއަށް އޮތް އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމެނޭނެ ކަންކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ. އަދި އެހެނިހެން ކަންކަމާއިމެދު ސަރުކާރުގެ އިދާރާތަކާއި މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: