ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ބ. ހިތާދޫ އަށް ތައާރަފް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގުގެ ހައިސްޕީޑް ފައިބަރ އިންޓަނެޓް އާއި ދިރާގު ޓީވީގެ ހިދުމަތް ބ ހިތާދޫ އަށް ތައާރަފް ކޮށްފިއެވެ.

ދިރާގުން ބުނީ އެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައި ވަނީ އެ ރަށުގެ ރައްޔިތުންނަށް ހާއްސަ އޮފާ ތަކަކާއި އެކުގައި ކަމަށެވެ.

ބ ހިތާދޫގައި ހިދުމަތް ގުޅައިދިނުމާއިހިލޭ ހިދުމަތް ހޯއްދަވާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ފައިބަރ އިންޓަނެޓުގެ ހިދުމަތާ ގުޅިގެން އެ ރަށުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދި ހުށަހެޅުމަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

ދިރާގު ޓީވީ އަށް އެދޭ  ކަސްޓަމަރުންނަށް ވެސް ހިދުމަތް ގުޅާ ދިނުމާއި، ޑީކޯޑަރު ހިލޭ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ އެ ރަށުގެ ކަސްޓަމަރުންނަށް   ހަލުވި ސްޕީޑުގައި، ބޮޑެތި ޑޭޓާ އެލަވަންސްތަކެއް ލިބޭ ޕެކޭޖުތައް އިހުތިޔާރު ކުރުމުގެ ފުރުސަތު  މިހާރު ލިބޭނެ ކަމަށެވެ.

ދިރާގުން އެ ކުންފުނީގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ފައިބަރ އިންޓަނެޓުގެ ހިދުމަތް ދަނީ ތައާރަފް ކުރަމުންނެވެ.

ދިރާގު ޓީވީ މެދުވެރިކޮށް ދިވެހި ޗެނަލް ތަކާއި އެހެނިހެން މަޝްހޫރު ގިނަ ޗެނަލްތައް ދިރާގު ޓީވީގެ ކަސްޓަމަރުންނަށް އެހިދުމަތުގެ ޒަރިއްޔާއިން ބަލައިލެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: