ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްއަކީ މޮރިޝަސްގެ ތަނެއްގެ ގޮތުގައި އައިސީޖޭއިން ނިންމާފައެއް ނުވޭ: ރައީސް ނަޝީދު

ރައީސް އިބްރާޙިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް ނުވަތަ ފޯޅަވައްސަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ލިބިގެންވާތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑް ބަދަލުކޮށްފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރުގެ ތެރެއިން ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވިދާޅުވީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ނިންމައި އައިސީޖޭއިން ނިންމާފައިވާ ކަމަށެވެ. އަދި އައިސީޛޭގެ ނިންމުމަށް އ،ދ އިން ތާއިދުކޮށްފައިވާ ކަމަށް ވެސް ސަރުކާރަށް ތާއިދުކުރާ މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އައިސީޖޭއިން ޗާގޮސް މޮރިޝަސްއަށް ދިނުމަށް ނިންމާފައިވާ ކަމަށް ސަރުކާރުގެ މެމްބަރުން ވިދާޅުވުމާއި ގުޅިގެން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވިދާޅުވީ ޗާގޮސް މޮރިޝަސްއަށް ދިނުމަށް އައިސީޖޭއިން ނިންމާފައި ނުވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އައިސީޖޭއިން ނިންމީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ދައުވާކޮށް މައްސަލަ އެ ކޯޓަށް ހުށަހެޅިގެންވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ޗާގޮސް ލިބިގެންވާ ކަމަށް އެއްވެސް ކޯޓަކުން ހުކުމެއް ކޮށްފައެއް ނުވެއެވެ. އަދި މޮރިޝަސްއަށް ޗާގޮސް ލިބިގެންވާ ކަމަށް ނިންމައި އެހެން މީޙުން އެ ނިންމުމަސް ތަބާވާން ޖެހޭފަދަ އެއްވެސް ނިންމުމެއް ނެތް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވިއިރު ޗާގޮސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް މޮރިޝަސްއިން ކުރަމުން ދިޔަ މަސައްކަތްތަކުގެ ދަށުން 2017 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހަށް މޮރިޝަސްގެ ފަރާތުން ގަރާރެއް ހުށަހަޅައި ޗާގޮސްއަކީ އެގައުމުގެ ސިޔާދަތީ ބާރު ހިނގާތަނެއްގެ ގޮތުގައި ކަނޑައެޅުމަށް އެދުނެވެ. އަދި އެ ގަރާރު މޮރިޝަސްއިން ހުށަހެޅި ގޮތަށް ފާސްވެ 2019 ވަނަ އަހަރު އަނެއްކާވެސް މޮރިޝަސްއާއި އެއްކޮޅަށް އދ. ގެ އާންމު މަޖިލީހުން ގަރާރެއް ފާސްކޮށް ހަމަސް ދުވަހުގެ ތެރޭގައި ޗާގޮސް މޮރިޝަސްއާއި ހަވާލު ކުރުމަށް ފާސްކޮށްފައިވެއެވެ. އދ. ގެ އާންމު މަޖިލީހުން 2019 ވަނަ އަހަރު ޗާގޮސް މޮރިޝަސް އާއި ހަވާލު ކުރުމަށް ނިންމީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އިން ގާނޫނީ ލަފައެއް ހޯދުމަށް ފަހުއެވެ.

މި ފާހަގަ ކުރި ދެ ގަރާރަށް ވެސް އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ދިވެހި ސަރުކާރުން ވޯޓު ދީފައި ވަނީ މޮރިޝަސްއާއި ދެކޮޅަށެވެ. އެގޮތުން 2017 ވަނަ އަހަރު މޮރިޝަސް އާއި ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. ދެ ވަނަ ފަހަރަށް މޮރިޝަސްއާއި ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ މި ސަރުކާރުގައެވެ.

މީގެކުރިން ރާއްޖެ އިން ގަބޫލްކުރީ، ޗާގޮސް މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގައިވާ މައްސަލައެއްގެ ގޮތުގަ އެވެ. ނަމަވެސް 2010 ގައި “ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް” ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށް އެކަން އދ.ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފަ އެވެ.

މޮރިޝަސް އިން އިއުތިރާޒްކޮށްފައި ވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޮސް ގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަަމަށް ބުނެ އެވެ. އެއަށް ފަހު، އައްޑު އަތޮޅާއި ޗާގޮސް އާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެ އަށް ގޮވާލައިފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: