ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު ކޯލިޝަނުގެ ދާއިރާތަކުގެ އިންތިހާބު މާދަމާ!

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެތެރޭގެ ނުވަތަ ދާއިރާތަކުގެ އިންތިހާބު މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ

ޕާޓީއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ ކޯލިޝަންގެ ދާއިރާ އިންތިހާބުގައި ވޯޓު ނަގަންޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓޫ ނެތުން ކުރިއަށްދާނީ މާދަމާ ހެދުނު އިން ހަވީރު 4:00 އަށްކަމަށެވެ. އަދި ހަވީރު 4:00 އާއި ހަމައަށް ވޯޓު ލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދެވޭނެކަމަށް ޕާޓީއިން ބުނެފައިވެއެވެ.

އެހެންނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫ އާއި ގުޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި، މީގެ އިތުރުން މި އިންތިހާބުގައި ވޯޓު ދެވޭނީ އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނިކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ކޯލިޝަނުން ބުނެފައިވާގޮތުގައި ވޯޓު ލާން އަންނަ މީހާ އަކީ ކާކުކަން އަންގައިދިނުމަށް ގެންނަ ރަސްމީ ލިޔުމުގެ މުއްދަތު ހަމަވެފައިވީނަމަވެސް ވޯޓު ލުމުގެ ފުރުސަތު ދޭނެއެވެ.

ރަށްރަށުގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަނުގެ މަޢުލޫމާތު މެންބަރުންނަށް ފޯރުކޮށްދޭނީ އެރަށެއްގެ ސްޓިއަރިން ކޮމިޓީންކަމަށް ޕާޓީއިން މައުލޫމާތުދެއްވައެވެ.

ހުޅުމާލެ އަދި ވިލިމާލެ ދާއިރާ ފިޔަވައި މާލޭގެ ދާއިރާ ތަކާއި، ރަށްރަށުގެ މީހުން މާލޭގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ހެންވެއިރު ދަނޑުގައިކަމަށް ޕާޓީއިން ވަނީ ބުނެފައެވެ. އަދި ވިލިމާލޭ ވޯޓު ފޮށި ހުންނާނީ ވިލިމާލޭ ޔޫތު ސެންޓަރުގައިކަމަށް ބުނެފައިވާއިރު، ހުޅުމާލޭ ވޯޓު ފޮށި ހުންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކް ވީއައިޕީ ހޯލްގައިކަމަށް ޕާޓީއިން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުން އަލަށް އިންތިހާބު ކުރާ ދާއިރާތަކުގެ އިންތިހާބީ ދައުރަކީ ތިން އަހަރު ދުވަސް ކަމުށް ޕާޓީން މައުލޫމާތުދެއްވާފައިވާއިރު، ޕީޕީއެމް ޕީއެންސީ ލީޑަރޝިޕްގައި ހިމެނޭ އެއްވެސް ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވެސް ދާއިރާގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ލީޑަރޝިޕްގައި ނުހިމެނޭ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނަށް އެދާއިރާއެއްގެ ރައީސްކަމާއި ނައިބު ރައީސްކަންކުރެވޭނެކަމަށް ޕާޓީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: