ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗެނަލް 13 އިން ވަކި ކެންޑިޑޭޓުން ޕްރޮމޯޓު ކުރާ މައްސަލަ ޕީޕީއެމްއިން ކުށްވެރިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޕްރައިވެޓް މީޑިއާ، ޗެނަލް 13 އިން އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ އެތެރޭގެ އިންތިހާބާއި ދިމާކޮށް ވަކި ކެންޑިޑޭޓުން ޕްރޮމޯޓު ކުރާ މައްސަލަ ޕީޕީއެމް އިން ކުށްވެރިކޮށްފި އެވެ.

މާދަމާގެ ހެނދުނު 10:00 ގައި ކުރިޔަށް ގެންދާ ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ދާއިރާތަކުގެ ރައީސުން ހޮވުމަށް ބައްވާ އިންތިހާބެކެވެ. ވޯޓާއި ގާތްވެފައި ވަނިކޮށް، ވަކި ކެނޑިޑޭޓަކަށް ޕާޓީގެ ތާއީދު ނެތްކަމަށް ނުވަތަ ލީޑާޝިޕްގެ ތާއީދު އޮތީ އެބޭފުޅަކަށްކަމަށް ބުނެ ވާހަކަތަކެއް ދެކެވިފައިވާތީ އެކަން ކުށްވެރިކޮށް ވެސް ޕީޕީއެމުން މިއަދު ބަޔާނެއް އާއްމު ކުރި އެވެ.

އޭގެ ފަހުން މިރޭ އަނެއްކާވެސް އާއްމު ކުރި ބަޔާނެއްގައި ޕީޕީއެމްއިން ބުނެފައި ވަނީ، ޕްރައިވެޓް މީޑިއާ ޗެނަލް 13 ގެނެސް ދޭ ޕްރޮގްރާމެއްގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ދާއިރާ އިންތިހާބުގައި ވާދަކުރާ ވަކި ކެންޑިޑޭޓުންނަށް ތާއީދުކޮށް ވާހަކަ ދެއްކުން ބަލައިނުގަނެވޭނެ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ވެރިންގެ ތެރެއިން އެއްވެސް ލީޑަރެއް، ދާއިރާ އިންތިހާބުގައި ވާދަ ކުރާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދައިދިނުމުގެ ގޮތުން މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ޕީޕީއެމްގެ އިންތިހާބާއި ގުޅުވައި، މީގެ ކުރިން ވެސް ތަފާތު އެކި ވާހަކަތަކެއް ދެކެވުނެވެ. އެގޮތުން ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ ވަނީ ރައީސް އަބްދުﷲ ޔާމީން ވަކި ކެނޑިޑޭޓަކަށް ތާއީދު ކުރާކަމުގެ ތުހުމަތުތައް ކުރައްވާފަ އެވެ. އަދި ޕާޓީގެ ބައެއް އާއްމު މެމްބަރުން، އެހެން ކެނޑިޑޭޓުންނާއި ގުޅުވައި އެންޓި ކެމްޕެއިން ކުރާ މައްސަލަ ވެސް ފެންމަތިވެފައި ވެއެވެ.

އިންތިހާބުގައި ވޯޓު ނަގަން ޖެހޭ ދާއިރާތަކާއި ރަށްރަށުގެ ވޯޓު ނެގުން ކުރިއަށް ދާނީ މާދަމާ ހެދުނު 10:00 އިން ހަވީރު 4:00 އަށްކަމަށެވެ. އަދި ހަވީރު 4:00 އާއި ހަމައަށް ވޯޓު ލުމަށް ކިއޫ އާއި ގުޅޭ މެންބަރުންނަށް ވޯޓު ލުމުގެ ފުރުސަތު ދެވޭނެކަމަށް ޕާޓީއިން ބުނެފައިވެއެވެ. އަދި އޭގެ ފަހުން އިތުރު އެއްވެސް ފަރާތަކަށް ކިއޫ އާއި ގުޅުމުގެ ފުރުސަތު ނުދެވޭނެކަމަށާއި، މީގެ އިތުރުން މި އިންތިހާބުގައި ވޯޓު ދެވޭނީ އެ ކޯލިޝަންގެ ފަރާތުން އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކޮމިޓީން ވޯޓު ނަގާ މަރުކަޒުތަކަށް ފޮނުވާފައިވާ ވޯޓާރސް ލިސްޓުގައި ނަން އޮތް ފަރާތްތަކަށް އެކަނިކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުން އަލަށް އިންތިހާބު ކުރާ ދާއިރާތަކުގެ އިންތިހާބީ ދައުރަކީ ތިން އަހަރު ދުވަސް ކަމުށް ޕާޓީން މައުލޫމާތުދެއްވާފައިވާއިރު، ޕީޕީއެމް ޕީއެންސީ ލީޑަރޝިޕްގައި ހިމެނޭ އެއްވެސް ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ވެސް ދާއިރާގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ލީޑަރޝިޕްގައި ނުހިމެނޭ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނަށް އެދާއިރާއެއްގެ ރައީސްކަމާއި ނައިބު ރައީސްކަންކުރެވޭނެކަމަށް ޕާޓީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
21%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 5%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: