ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ އެއަރފޯސް އެކަޑަމީގެ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި!

އެމްއެންޑީއެފްގެ ޔެލޯ އެލާޓް ސްޓޭޓަސް އާއްމު ހާލަތަކަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ އެއަރފޯސް އެކަޑަމީގެ ހިންގުމަށް ހަމަޖެހިފައިވާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

އެމްއެންޑީއެފްގެ އިއުލާނެއްގައި ބުނެފައިވާގޮތުން “ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑެމީ” ގެ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގައެވެ. މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތައް ވަކި ޝަރުތުތަކެއް ހަމަވާންޖެހެއެވެ.

ކޯހުގައި ބައިވެރިވާން ހުށައަޅާ ފަރާތްތައް ވާންޖެހެނީ، އޭ ލެވެލް ނުވަތަ އެ ފެންވަރާއި އެއް ފެންވަރު ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވާ މީހަކަށެވެ. އަދި އެ މީހަކީ ޒަވާޖީ ހަޔާތެއް ފަށާފައިނުވާ މީހަކަށްވެސް ވާންޖެހޭއިރު، އެ މީހަކީ 2023 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން 23 އަހަރު ނުފުރޭ މީހަކަށް ވުމަކީވެސް ކޯހުގައި ބައިވެރިވުމުގެ ޝަރުތެކެވެ.

މީގެ އިތުރުން މި ކޯހުގައި ބައިވެރިވުމަށް ކުރިމަތިލާ ފަރާތްތައް ވާންޖެހެނީ އެމެރިކާގެ ސްކޮލާސްޓިކް އެޕްޓިޓިއުޑް ޓެސްޓު ނުވަތަ އެމެރިކަން ކޮލެޖު ޓެސްޓިންގް ހަދާފައިވާ މީހަކަށެވެ. އަދި ޓެސްޓް އޮފް އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްއޭޖް (TOEFL) ހަދާފައިވާ ފަރާތެއް ކަމުގައިވުމާއި، ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަދި ހަށިހެޔޮކަމުގެ ގޮތުން ދުޅަހެޔޮ ފަރާތެއް ކަމަށްވުމަކީވެސް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުރުން ލާޒިމުވާ ޝަރުތުތަކެވެ.

އެމްއެންޑީއެފްއިން އިއުލާނުކޮށްފައިވާ ކޯހުގައި ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ 6 ޖާގައެވެ. ކޯހުގައި ބައިވެރިވާ ފަރާތްތަަކަށް ކުރިއަށް ދެވިދާނެ ރޮނގުތަކުގެ ތެރޭގައި އެރޮނޮޓިކަލް އިންޖިނިއަރިންގ، އެސްޓްރޮނޮޓިކަލް އިންޖިނިއަރިންގ، ކޮމްޕިއުޓަރ ސައިންސް، މިލިޓަރީ ސްޓްރެޓެޖިކް ސްޓަޑީޒް، މެކޭނިކަލް އިންޖިނިއަރިންގ، ސައިބަރ ސައިންސް، ބަޔޮލޮޖީ، ލީގަލް ސްޓަޑީޒް، މެތަމެޓިކްސް، މެނޭޖްމަންޓް، އޮޕަރޭޝަންސް ރިސަރޗް، ފިލޯސަފީ، ސިސްޓަމް އިންޖިނިއަރިންގ އަދި މީޓިއޮރޮލޮޖީ ހިމެނެއެވެ.

ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: