ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީވެސް ގައުމުގެ ހާލަތު ރަނގަޅުކުރަން ލިބޭ ފުރުސަތެއް: ޝިޔާމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އިދިކޮޅުން ބޭއްވި މުޒާހަރާއެއްގައި/ ފޮޓޯ: ޕީޕިއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ އެތެރޭގެ އިންތިހާބަކީވެސް ގައުމުގެ ހާލަތު ރަނގަޅުކުރަން ލިބޭ ފުރުސަތެއްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެތެރޭގެ އިންތިހާބުގެ ތެރެއިން “ސަންގު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ ޕީޕީއެމް އިދިކޮޅުގައި އަދި ރައްޔިތުންގެ މަޖިލީހުގެވެސް މައިނޯރިޓީގައި އޮތް ނަމަވެސް، ޕީޕީއެމްއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ޕާޓީގެ ކުރިއަށް މިދާ އިންތިހާބުން ފެނިގެންދާކަމަށެވެ.

ޕާޓީއެއްގެ އެތެރޭގެ އިންތިހާބުން ފެންނާނެ އެންމެ ރީތި ސިފަ ޕީޕީއެމްގެ މި އިންތިހާބުން ފެނިގެންދާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ތިބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެ ދިވެހިރާއްޖޭގެ ޕާޓީއަކުން އެތެރޭގެ އިންތިހާބެއްގަ ފެންނާނެ އެންމެ ރީތި މަންޒަރު މި ފެންނަނީ، ވީހާވެސް ގިނަ މެންބަރުން ފެނުން އަދި ބޭފުޅުން ވޯޓަށް ވަޑައިގެން މިކަހަލަ ހަރަކާތްތަކުގަ އުޅުން އެއީ، ވަކިން ހާއްސަކޮށް އިދިކޮޅަށް އޮންނައިރުގައި މިއީ މަގްސަދަކީ

ޝިޔާމް ވިދާޅުވީ ހަގީގަތުގައި ޕާޓީގައި މެންބަރުން ތިބިކަން އިގޭނީ ޕާޓީ އިދިކޮޅަށް އޮންނައިރުގައިކަމަށާއި، އަދި ޕާޓީގެ ވަރުގަދަކަން ފެނިގެންދާނީވެސް އިދިކޮޅުގައި އޮވެ ކުރެވޭ މަސައްކަތުންކަމަށެވެ.

މިއަދު ވެރިކަމުގައި އޮތް އެމްޑީޕީ އިދިކޮޅުގައި އޮތްއިރުގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް ނުވަތަ ޖަލްސާތަަކަށްވުރެ ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަވާނެކަމަށް ޝީޔާމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެވެސް ވަރަށް ބޮޑު ތާއީދެއް ޕީޕީއެމްގެ ހަރަކާތްތަކަށް ލިބެމުންދާކަމަށް ފާހަގަކުރެއްވިއެވެ. މިކަމުން ދޭހަވަނީ އިދިކޮޅުގެ ރިޔާސީ ކެޑިޑޭޓޫ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ގެނައުމަށްޓަަކައި ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރުންވެސް އެ ޕާޓީގެ ވެރިކަން ބަލައި ނުގަންނަކަމަށާއި، އަދި އެމްޑީޕީ ވެރިކަމަށް އައުމަށްޓަކައި ވެވަޑައިގެން ވައުދުތަކަކީ ވޯޓު ހޯދުމަށް ދެއްކެވި ވާހަކަތަކެއްކަމަށް އެމްޑީޕީގެ މެންބަރުން ގަބޫލުކުރާކަމަށް ފާހަގަކޮށް ޝީޔާމް ވިދާޅުވީ، މި ޝުއޫރު ފާޅުކުރައްވަނީ އެމްޑީޕީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންކަމަށެވެ.

ރާއްޖޭގެ ހާލަތު މިއަދު އޮތް ގޮތުންނާއި އެކީގައި، އެމްޑީޕީގެވެސް އާންމު މެންބަރުންވެސް މިއަދު އެބަ ބޭނުންވޭ، އެމްޑީޕީގެ އެބޭފުޅުން ގެނައި ސަރުކާރުގައި އޭރުގައި ވީ ވައުދުތައް އެއީހަމަ ރައްޔިތުންގެ ވޯޓު އަތުން ވޯޓު ހޯދުމަށްވީ ވައުދުތަކެއްކަމަށް ވަރަށް ބޮޑަށް މިއަދު އެބަ ގަބޫލުކުރޭ އެމްޑީޕީގެ ގްރާސްރޫޓް އަދި އެމްޑީޕީގެ ލީޑާޝިޕްވެސް

އޭގެ އިތުރުން މީގެ ތެރޭގައި ސަރުކާރުގެ މުވައްސަސާތަކުގެ ބޭފުޅުންނާއި، ސިފައިންނާއި ފުލުހުންވެސް ހިމެނޭކަމަށާއި، އަދި އެމްޑީޕީގެ ސަރުކާރުން ގައުމަށް ގައްދާރުވެއްޖެކަމަށްވެސް މި ފަރާތްތަކުން ގަބޫލުކުރައްވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ހިގަމުންމިދަނީ އެތެރޭގެ އިންތިހާބެއް ނަމަވެސް، މިއީވެސް ގައުމުގެ ހާލު ރަނގަޅުކުރުމަށް ލިބޭނެ ފުރުސަތެއްކަމަށެވެ. މި އިންތިހާބުގެ އަމާޒަކީވެސް 2023 ވަނަ އަހަރުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: