ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑަބްލިއުއެސްސީ އިން “އާރޯ” ޕްރިމިއަމް ބްރޭންޑުގެ ފެން ތައާރަފްކޮށްފި

އެމްޑަބްލިއުއެސްސީ ގެ "އާރޯ" ފެން ފުޅި: ފޮޓޯ/އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑަބްލިއުއެސްސީ އިން “އާރޯ” ޕްރިމިއަމް ބްރޭންޑުގެ ފެން ތައާރަފްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން ތައާރަފްކޮށްފައިވާ “އާރޯ” ބްރޭންޑުގެ ފެނަކީ ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ހުންނަ ފެނަކަށް ވާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރިފައިވާ ބްރޭންޑެކެވެ. މި ބްރޭންޑް ތައާރަފްކޮށްފައިވަނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓަރު އައިޝަތު ނަހުލާ ޝަރަފްވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ އެހެނިހެން ވަޒީރުންނާއި އެމްޑަބްލިއުއެސްސީގެ ބޯޑް އޮފް ޑިރެކްޓަރޒްގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގަތް މަސައްކަތްކުރާ އެކި ފަރާތްތައް ބައިވެރިވެފައިވެއެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހު ވިދާޅުވި ގޮތުން ރާއްޖޭގެ ފަތުރުވެރިކަން ހަލުވި ދުވެއްޔެގައި ތަރައްގީވަމުން އައުމާއި އެކު ސިނާއަތު ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ދިވެހި އުފެއްދުންތައް ބާޒާރައް ތައާރަފްކޮށްގެންނެވެ. އަދި ބޭރުގެ އުފެއްދުންތަކާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރުމަކީ އިގްތިސާދީ ދާއިރާއިން ލިބޭ މަންފާ އިތުރު ކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ޝާހު ވިދާޅުވިއެވެ.

“އާރޯ” ފެން ބާޒާރަށް ނެރެނީ 1 ލީޓަރު އަދި 500 އެމް.އެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެނެވެ. މިފުޅި ތަޢާރަފް ވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި މިކުންފުނީގެ ފަރާތުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް އެމްޑަބްލިއުއެސްސީއިން ފާހަގަކުރެއެވެ.

“އާރޯ” ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި އުފައްދައިގެން ބާޒާރަށް ނެރެވުނު ފެނެވެ. މީގެ އިތުރުން ކުރިމަގުގައި “އާރޯ” ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ބާޒާރައް ނެރެ ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިކަަމަށްވެސް އެމްޑަބްލިއުއެސްސީއިން ފާހަގަކޮށްފައިވެއެވެ.

“އާރޯ” ފެން ގަންނަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7960022 ނަމްބަރ އަށް ގުޅުއްވުމުން ނުވަތަ ވެބްސައިޓް mv.aro މެދުވެރިކޮށް އޯޑަރ ކުރެއްވުމުން ލިބިލައްވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: