ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުވަ ވަނަ ހަސަން ރަސްގެފާނަކީ ރާއްޖެއިން އިސްލާމީ ނޫރު ކަނޑުވާލަން އުޅުނު މީހެއް: ޝާހިދު

ފިރުން މިނިސްޓަރ އަބްދޔﷲ ޝާހާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުވަ ވަނަ ހަސަން ރަސްގެފާނަކީ ދިވެހިރާއްޖެއިން އިސްލާމް ދީނުގެ ނޫރު ކަނޑުވާލުމަށް މަސައްކަތްތައް ކުރެއްވި މީހެއްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އަދި މޮރިޝަސް ދެމެދު ޖެހިފައިވާ އިމުގެ މައްސަލައިގައި މައުލޫމާތުތަކެއް ދެއްވުމަށް ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ނުވަ ވަނަ ހަސަން ރަސްގެފާނަކީ، ރާއްޖެ ކްރިސްޓިއަން ދީނަށް އަނބުުރާލުމަށް މަސަކައްކަތް ކުރެއްވި ރަސްކަލެއް ކަމަށެވެ.

އެނާ ވިދާޅުވީ، ހަސަން ރަސްގެފާނު އެ އަމަލުތައް ހިންގުމަށް މަސައްކަތް ކުރެއްވީ ރާއްޖޭގެ ރަސްކަލެއްގެ މަގާމުގައި ހުންނަވައިގެން ނޫންކަމަށެވެ. އަދި އެއީ ޕޯޗުގީޒުންގެ އަތް ދަށަށް ރާއްޖެ ގެންދިއުމަށާއި އަޅުވެތި ކުރުމަށް ކުރެއްވި މަސައްކަތްތަކެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ހަސަން ރަސްގެފާނު އެ މަސައްކަތްތައް ކުރެއްވި ދިވެހިރާއްޖެއިން އިސްލާމްދީނުގެ ނޫރު ކަނޑުވާލުމަށް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމަށް ވެއްޓި އެ ނޫރު ފަނޑުވެގެންދިޔަކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ޝާހިދު ވިދާޅުވީ، ހަސަން ރަސްގެފާނަކީ ގޮވާ އަށް ވަޑައިގެން ހުންނަވާ ދިވެހިރާއްޖެ އަޅުވެތި ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއްކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ސިޓީއަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ބާރުގެ ދަށުގައި ހުންނަވައިގެން ލިޔުއްވި ސިޓީއެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: