ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއި އަރިދަފުސް ރޯގާ ފެތުރޭތީ ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

އެޗްޕީއޭއިން މާލެ ތެރޭގައި ސާމްޕަލްތައް ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުން ހުމާއި އަދިރަފުސްރޯގާ އަދި ކޮވިޑް19 ފަދަ ބަލިތައް ފެތުރެމުންދާވަރު އިތުރު ވާތީ އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހުމާއި އަދިރަފުސް ރޯގާ އާއި ކޮވިޑް ފަދަ ބަލިތައް ރިޕޯޓްކުރަމުންދާ ވަރު އިތުރުވެފައިވާ ކަމަށް އެ އިދާރާގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ކޮވިޑްގެ 185 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށާއި އަދި މިދިޔަ މަހު 328 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެޗްޕީއޭ އިން ބުނެފައިވަނީ ކޮވިޑްގެ އާ ވޭރިއެންޓްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ އިތުރުވަމުންނެވެ.

އަރިދަފުސް ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ ވީހާވެސް އަވަހަށް ޓެސްޓް ކުރުމާއި އަރިދަފުސް ރޯނގާގެ އަލާމާތެއް ހުރިނަމަ އަނގަ އާއި ނޭފަތް ނިވާ ވާނެހެން ރަނގަޅަށް މާސްކް އެޅުމާއި އާއްމު ތަންތަނުގައި އުޅޭ އިރު ގައިދުރުކަން ބެހެއްޓުމާއި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުމަށް އެޗްޕީއޭ އިން ވަނީ އެފިފައެވެ.

ހަމައެއާއެކު ރޯގާގެ އެއްވެސް އަލާމާތެއް ހުރި ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމާއި ބަލި ޖެހުމުން ނުރައްކާވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާ ވެކްސިން ޖަހުމާއި ކޮވިޑް ވެކްސިން ޖަހާ އުމުރުގެ މީހުން ވެކްސިން ފުރިހަމަ ކުރުން އަދި ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތުހަމަވާނަމަ ބޫސްޓާ ޑޯޒް ފުރިހަމަ ކުރުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ބަލި ޖެހުމުން ނުރައްކާވާ މީހުންނާ ވީހާވެސް ދުރުގައި އުޅުމާއި ގޭގައި ވެސް މާސްކް އަޅައިގެން އުޅުމާއި ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާއާއެކު ވީހާވެސް މަދުމީހުން ދިއުމާއި ބަލި މީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމުގެ އިތުރުން ކޮންމެހެން ހޮސްޕިޓަލަށް ދާންޖެހޭ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަކީ ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމުގައި އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: