ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ތާއީދު ނުކުރައްވާ ވާހަކަ ރައީސް ނަޝީދު ތަކުރާރުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އަށް ތާއީދު ކުރެވެން ނެތް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ސާލިހް އާއިއެކު ދާން އެމްޑީޕީ މެމްބަރުން ބޭނުންވާ ނަމަ އެމްޑީޕީ އަށް އިންތިހާބު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

“ރައީސް ސާލިހަކީ ކެންޑިޑޭޓް ނަމަ، އެމްޑީޕީ ބަލިވުން ވަރަށް ގާތް. ހުރިހާ ބޭފުޅުންވެސް ވިސްނަވާ. ޕާޓީ އާއި ރާއްޖެ މުހިއްމު ވާންޖެހޭނެ. މީހަކު ފަހަތުން އުޅުން ރަނގަޅެއް ނުވާނެ. މިފަހަރު ރައީސް ސާލިހަށް ތާއީދު ކުރެވެން ނެތް. ރައީސް ނަޝީދު

ރައީސް ސާލިހަށް ތާއީދު ކުރެވެން ނެތް ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރީގައި ވެސް ވިދާޅުވެފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުގައްޔާއި ރައީސް ސާލިހުގެ ވެރިކަމުގެ ކުރީކޮޅުގައި އެކުގައި މަސައްކަތް ނުކުރެއްވޭނެ ކަމަށާއި ތާއީދު ނުކުރައްވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސާލިހަށް ތާއީދު ކޮށް 2018 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަށް ހެދުމަށް އެއްބަސްވެވުނީތީ އެކަމާ ހިތާމަ ކުރާ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އޭރުގައި ރިޔާސީ ކެންޑިޑޭޓަށް ވުމުގެ ޝައުގުވެރިކަން ހުރިކަމަށް އެމަނިކުފާނެ އަރިހުގައި ދެންނެވިކަމަށް ވިދާޅުވެފައެވެ. އެގޮތުން ޝާހިދަކީ ވެރިކަމަށް ރުކުން ހަމަވާ ބޭފުޅެއް ކަމަށް މީގެ ކުރިން ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ޝާހިދު ވަނީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯއްދަވައި ދެއްވަން ރައީސް ސާލިހަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ކޮންގްރެސް ގެ ތެރޭގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: