ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްއަކީ ރާއްޖެއިން ބައެއް ކަމަށް ބުނާ ވާހަކައިގައި އެއްވެސް އަސާސެއް ނެތް: ޝާހިދު

އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
އިންޑިއާ ބޮޑުވަޒީރު މޯދީ އާއި އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސް އަކީ ރާއްޖޭގެ ބައެއް ކަމަށް ބުނާ ބުނުމުގައި އެއްވެސް އަސާސެއް ނެތްކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗާގޮސް މައްސަލައިގައި މައުލޫމާތުތަކެއް ހިއްސާ ކުރެއްވުމަށް ރައީސް އޮފީހުގައި ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝާހިދުވަނީ ނުވަ ވަނަ ހަސަން ރަސްގެފާނަކީ ރާއްޖެއިން އިސްލާމީ ނޫރު ކަނޑުވާލުމަށް މަސައްކަތް ކުރެއްވި މީހެއްކަމަށް ސިފަކުރައްވާފައެވެ.

ޝާހިދު ވިދާޅުވީ، މިހާރު ބައެއް ފަރާތްތަކުން ޗާގޮސް އަކީ ރާއްޖެއިން ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ބިނާވެފައިވަނީ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީއެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ހަސަން ރަސްގެފާނު އެ ސިޓީ ލިޔުއްވީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ޖެއްސުމަށް މަސައްކަތް ކުރައްވަމުންކަމަށާއި އެހެންކަމުން އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެކަން ސާބިތު ވެގެންދަނީ ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު ރަސްކަމަތް ވަޑައިގަތް އެއްވެސް ރަސްކަލެއް ޗާގޮސްއަކީ ރާއްޖެއިން ބައެއް ކަމަށް ބުނެފައިނުވާތީކަމަށެވެ. އަދި ދިވެހިރާއްޖޭގެ ލިޔެވިފައިވާ ގާނޫނުއަސާސީ 1932 ވަނަ އަހަރު އެކުލަވާލެވުނު އިރު އިމުގެ ވާހަކަ ފާހަގަކޮށްފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 1951 ވަނަ އަހަރާއި 1953 ވަނަ އަހަރާއި 1954 ވަނަ އަހަރު ވުޖުދު ވެގެން އައި ގާނޫނުއަސާސީގައި ސިޔާދަތު ހިމެނޭ ސަރަހައްދު ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާރު ހިނގާނެ ސަރަހައްދުތަކުގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ވަކި ސަރަހައްދެއް އޭގެން ގާނޫނު އަސާސީއެއްގައި ނުވާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: