ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ދައުވާ ކުރެވެން އޮތް ފުރުސަތު ގެއްލުވާލީ ރައީސް ޔާމީން: ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީޏް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޮސްއަކީ ރާއްޖޭގެ ތަނެއް ކަމަށް ބައެއް ފަރާތްތަކުން މިއަދު ވަކާލާތު ކުރަމުންދާއިރު އެ ދައުވާ ކުރަން ރާއްޖެއަށް އޮތް ފުރުސަތު ގެއްލުވާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޗާގޮސްގެ މައްސަލައިގައި މީގެކުރިން ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު ބަދަލު ކުރުމާއި ގުޅިގެން ގިނަބައެއްގެ ފާޑިކިޔުން ސަރުކާރަށް އަމާޒުވެފައި ވަނިކޮށް ބަންޑާރަނައިބު އިބްރާހިމް ރިފްޢަތުއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޗާގޮސްގެ މައްސަލައިގައި އދ ގައި އެންމެ ފުރަތަމަ ވޯޓު ނެގީ 2017 ވަނަ އަހަރު ކަމަށެވެ. ޝާހިދު ވިދާޅުވި ގޮތުގައި އެ ވޯޓަކީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރުލިބިގެންވޭތޯ ސާފްކުރުމަށް އައިސީޖޭގެ ލަފައެއް ހޯދުމަށް ނެގުނު ވޯޓެކެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރު އދ ގައި ނެގި އެ ވޯޓުގައި ދިވެހިރާއްޖެއިން ވޯޓު ދިނީ މޮރިޝަސްއަށް ޗާގޮސްގެ ސިޔާދަތީ ބާރު ލިބިގެންވޭތޯ ބެލުމަށް ގާނޫނީ ލަފާ ހޯދަން އައިސީޖޭއަށް ފޮނުވަން ނުފެންނަ ކަމަށެވެ. އަދި އޭރު ރައީސް ޔާމީންގެ ސަރުކާރުން ގަރާރާއި ދެކޮޅަށް ވޯޓު ދިނުަމަށް ފަހު ތިއްބެވީ ހަނު ކަމަށް ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަށް އައިސީޖޭގެ ގާނޫނީ ލަފާ ހޯދަން ނުފެންނަ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ވޯޓު ދިން ނަމަވެސް އެ މައްސަލަ ފާސްވެގެން ދިޔައީ މޮރިޝަސްއިން ބޭނުންވި ގޮތަށް ކަމަށެވެ. އަދި އޭގެ ފަހުން އައިސީޖޭގައި ކުރިޔަށް ދިޔަ މައްސަލައިގެ ތެރެއަށް ތަދުއްޙުލްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި ނަމަވެސް ރައީސް ޔާމީން އެ ފުރުސަތުގެ ބޭނުން ހިއްޕަވާފައި ނުވާކަން ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ޗާގޮސްއަކީ ހަމަހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ރައީސް ޔާމީން ހިތުގެ އަޑިން ގަބޫލުފުޅު ކުރައްވާނަމަ އެ ދުވަހު އެކަމަށް މަސައްކަތް ކުރެއްވީސް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުތައްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ޗާގޮސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ދައުވާކޮށް ރާއްޖޭގެ އެއްވެސް ސަރުކާރަކުން އެއްވެސް ކޯޓަކަށް އެއްވެސް މައްސަލައެއް ހުށަހަޅާފައެއް ނެތެވެ. އަދި ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ފާސްކުރި އެއްވެސް ގާނޫނުއަސާސީއެއްގައި ޗާގޮސްއަކީ ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާތަނެއް ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، މިހާރު ބައެއް ފަރާތްތަކުން ޗާގޮސް އަކީ ރާއްޖެއިން ބައެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ބިނާވެފައިވަނީ ހަސަން ރަސްގެފާނު ލިޔުއްވާފައިވާ ސިޓީއެއްގެ މައްޗަށް ކަމަށެވެ. އެހެން ނަމަވެސް ހަސަން ރަސްގެފާނު އެ ސިޓީ ލިޔުއްވީ ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ޖެއްސުމަށް މަސައްކަތް ކުރައްވަމުންކަމަށާއި އެހެންކަމުން އެ ވާހަކަތަކަކީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، އެކަން ސާބިތު ވެގެންދަނީ ނުވަ ވަނަ ހަސަން ރަސްގެފާނަށް ފަހު ރަސްކަމަތް ވަޑައިގަތް އެއްވެސް ރަސްކަލެއް ޗާގޮސްއަކީ ރާއްޖެއިން ބައެއް ކަމަށް ބުނެފައިނުވާތީކަމަށެވެ. އަދި ދިވެހިރާއްޖޭގެ ލިޔެވިފައިވާ ގާނޫނުއަސާސީ 1932 ވަނަ އަހަރު އެކުލަވާލެވުނު އިރު އިމުގެ ވާހަކަ ފާހަގަކޮށްފައިނުވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ 1951 ވަނަ އަހަރާއި 1953 ވަނަ އަހަރާއި 1954 ވަނަ އަހަރު ވުޖުދު ވެގެން އައި ގާނޫނުއަސާސީގައި ސިޔާދަތު ހިމެނޭ ސަރަހައްދު ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާރު ހިނގާނެ ސަރަހައްދުތަކުގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ވަކި ސަރަހައްދެއް އޭގެން ގާނޫނު އަސާސީއެއްގައި ނުވާކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އަދުގެ ސަރުކާރުން ބޮޑު ގޯހެއް ހަދާފައިވާކަން އަމިއްލައަށް ގަބޫލުކުރެވިގެން އުޅޭކަމަށާއި، އެކަމުގައި ޖާއިޒްނޫން ކަންތައްތަކެއް ހިނގާފައިވާކަމުގެ ތުހުމަތު އެނގޭ ބަޔަކު ކުރަންފެށުމުން ސަރުކާރުން އެކިފަހަހަރު އެކި ވާހަކަ ދައްކަމިންދަނީ ކަމަށާއި، ސަރުކާރުންޑައްކާވާހަކަތަކުގައި އެއްވެސް އަސްލެއް އަމާޒެއް ނެތްކަން ސާބިތުވުމުން ދެން ކޮނމެސް އެހެންމީހެއްގެ ބޮލަށް ކަނޑާލަން މަސައްކަތްކުރި ނަމަވެސް މިހާރު ރައްޔިތުންނަށް ކަންކަން ސާފުވުމުން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ހަގީގަތް ބަދަލެއްނުވާނެއެވެ

  2. މިގައުމައް ގައްދާރުވެ އަދި ނުވިތާކައްދައުލަތުގެ ބެއިތުލްމާލު ދަވާލި ބަޔަކީ ވެސް މުޅިގައުމު އަންދާލި ބޔަކީވެސް ތިއެމްޑީޕީޔާއި ތި ހާއިނުން ކަން މުޅިގައުމު ހެކިވާނެ މީހުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާގައުމު ލޫޓުވާފަ ތިބެ ކޮން އަނގަޔެއް ފަޅަނީ ތީ މިގައުމައްޖެހުނު ބޮޑު ނުފޮރޮއްޕާނެއް ޔާﷲ މިނުބައިހާއިނުން ފަނާކުރައްވައި ފާދޭވެ އާމީން

  3. އެކަންކުރީ ޝާހިދު މާމޮޅު ވާހަކަ ނުދައްކާ އެކަންކޮއްފަ އިންޑިޔާ އުނގައް ވެއްޓުނީ ޝާހިދު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: