ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ މަރު: ޝާހިލްގެ ފޯނުން ޑޭޓާތައް އެއް ކުރުމުގެ މަސައްކަތް ކުރިޔަށް، ވަރަށް އަވަހަށް ދައުވާ ކުރަން ފޮނުވާނެ!

ޝިއާއު މަރާލި ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެއެއްގެ ތެރޭގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ ތަހުގީގުތަކުން މިހާރު ކުރިޔަށް ދަނީ އެންމެ ފަހު މަރުހަލާކަމަށް ފުލުހުން ބުނެފި އެވެ.

ހ. ޝީރިންވިލާގެ 09 ވަނަ ފަންގިފިލާގައި، ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިދިޔަ އޮގަސްޓު މަހުގެ 06 ވަނަ ދުވަހު އެވެ. ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، ޝިއާއު މަރާލި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރީ އަލީ ޝާހިލް އެވެ. އިތުރު މީހެއް ނުވަތަ، ބައެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭ މި މައްސަލައިގައި އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން ބުނީ، ދެ ހަފްތާގެ ތެރޭގައި ތަހުގީގު ނިންމައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

މިދިޔަ މަހު 15 ގައި ޕްރެސް ބޭއްވި ފަހުން، ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ވާތީ މައްސަލަ ޕީޖީއަށް ފޮނުވުން ލަސްވަނީ ކީއްވެގެން ތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ ޔުނިޓުގެ ވެރިޔާ ފާތިމަތު ނަޝްވާ ވިދާޅުވީ ތަހުގީގުތައް އަދިވެސް ދަނީ ކުރިޔަށް ކަމަށެވެ. ނަމަވެސް އެއީ އެންމެ ފަހު މަރުހަލާކަމަށާއި، މިހާރު ކުރިޔަށް ދަނީ ޝާހިލްގެ ފޯނު މެދުވެރިށް މައުލޫމާތުތައް ހޯދުމުގެ މަސައްކަތްކަމަށް ނަޝްވާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފޯނުގައި ހުރި މައުލޫމާތުތައް ބޭނުންކޮށްގެން، ޝިއާއު މަރާލިކަމަށް ބެލެވޭ ސަބަބު ނުވަތަ މޯޓިވް ދެނެގަނެވޭނެކަމަށެވެ.

ޝާހިލްގެ ފޯނުގައި ހުރި މައުލޫމާތުތައް ހޯދުމުގައި ލަސްތަކެއް ވީ، އެނާ ފޯނު ހުޅުވަން ދެކޮޅު ހަދާފައިވާތީ އެވެ. އަދި ޝާހިލް ފޯނުގެ ޕާސްވޯޑު ދޭން އެއްބަސްވުމުން، ފަހުން އެއާއި އެކު ކުރިޔަށް ނުދިޔައީ އޭރު ފޯނު ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ދާތީކަމަށެވެ. ފޯނުން ޑޭޓާތައްލ ލިބިފައިވާތީ، މިހާރު ކުރިޔަށް ދަނީ އެ އެނަލައިޒް ކުރުމުގެ މަސައްކަތެވެ.

ނަޝްވާ ވިދާޅުވީ، ވަރަށް އަވަހަށް މި މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވޭނެ ކަމަށެވެ.

ޝިއާއުގެ މަރުގެ މައްސަލައިގެ ތަހުގީގު މުއްދަތު ޕީޖީން އަންނަނީ، ފުލުހުންނަށް އިތުރުކޮށްދެމުންނެވެ. ބިރުދެއްކުމާއި ތޫނު ހަތިޔާރު ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލައެއް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭނީ 15 ދުވަހެވެ. ނަމަވެސް ފުލުހުން އެދިއްޖެ ހާލަތެއްގައި، 15 ދުވަހުން 15 ދުވަހުން ތަހުގީގުގެ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އިތުރުކޮށްދެވޭނެ އެވެ.

އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޝާހިލްގެ މައްޗަށް ކުށް ސާބިތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށެވެ. އަދި މަރާލި ގޮތުގެ ތަފްސީލާއި، މޯޓިވްކަމަށް ބެލެވޭ ބައެއް ގަބޫލު ކުރެވޭ ސަބަބުތައް ވެސް އެބަހުރި ކަމަށެވެ. މި މައްސަލައިގައި ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްގެ މައްޗަށް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މައްސަލައިގައި ފުލުހުންނަށް އެންމެ ބޮޑަށް ދަތިވީ، ޝާހިލްގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުންނެވެ. ނަމަވެސް މިހާރު ތަހުގީގަށް އޭނާ ވާހަކަ ދައްކަމުން ދާކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ފުލުހުން ބުނީ ޝިއާއު މަރާލާފައި ވަނީ، ރާވައިގެންކަމަށް ނުބެލެވޭކަމަށާއި އެއީ ދިމާވި ކުއްލިކަމެއްގެ ތެރެއިން ހިނގައިދިޔަ ހާދިސާއެއްކަމަށް ބެލެވޭ ކަމަށެވެ. ޝާހިލް ހައްޔަރު ކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: