ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ގެ މަރުގެ ތަހުގީގު: ފުލުހުންނަށް މައުލޫމާތެއް ނުދެވޭ، އެންއައިސީގެ ބަހެއް ނުލިބުނު!

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގައި ދަށުގައި ހުއްޓާ ނިޔާވި އަބްދުﷲ ރަޝީދުގެ މަރުގެ ތަހުގީގާއި ބެހޭ ހުރިހާ މައުލޫމާތެއް ހިއްސާ ކުރާނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިންކަމަށް ފުލުހުން ބުނެފި އެވެ.

ގދ. ހޯނޑެއްދޫ އަބްދުﷲ ރަޝީދު މަރުވީ، ކޯޓު އަމުރެއްގެ ދަށުން ފުލުހުން އޭނާ ހައްޔަރުކޮށް ލޯންޗަށް އެރުވި ވަގުތު މެޔަށް ތަދުވާތީ ވާތީ އެހީއަށް އެދުމުން ވެސް ސިއްހީ ހާލަތު ގޯސްވާކަމަށް ނުބެލެވޭކަމަށާއި އެއީ އެކްޓުކަމަށް ބުނެ ފުލުހުން އެކަމަށް ދެކޮޅު ހަދާފައިވަނިކޮށެވެ. ލޯންޗުގައި އެވަގުތު ތިބި ބައެއް އާއްމުންނާއި، ބަނދަރު މަތީ ތިބި ރަށުގެ ރައްޔިތުންނާއި ހަވާލާ ދީ އާއިލާއިން މީޑީއާތަކަށް ބުނެފައި ވަނީ އަބްދުﷲ އޭނާ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދި އާދޭސް ކުރި ކަމަށެވެ.

އޭގެ ފަހުން އަބްދުﷲ ގެ ހަރަކާތް ހުއްޓުނު އިރު، ފުލުހުން އޭނާ ގެންދިޔައީ އެ ރަށާއި ކައިރީ އޮންނަ މަޑަވެލިއަށެވެ. އަދި އަބަދުﷲ ގެ ފުރާނަ ނެތް ހަށިގަނޑު، ރަށަށް ގެންގޮސްފައިވާކަމަށް އާއިލާއަށް މައުލޫމާތު ދިނީ މަޑަވެލި ރައްޔިތުންނެވެ.

މައްސަލަ ގޯސްވެ، މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައުމުން ފުލުހުން ބުނީ އަބްދުﷲ ގެ ޕޯސްޓުމޯޓަމް ހެދުމަށް ނިންމައި ހަށިގަނޑު މާލެ ގެނެސްފައިވާކަމަށެވެ. ނަމަވެސް އާއިލާއިން އެކަމަށް ދެކޮޅު ހަދި އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ހުކުމް ކުރީ، ޕޯސްޓްމޯޓަމް ހެދުން ހުއްޓުވުމުގެ އަމުރެއް ނެރެދޭނެ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ އާއިލާއަށް މޫނު ދެއްކުމަށް ފަހު ހަށިގަނޑު އިންޑިއާއަށް ގެންދިޔަ އެވެ. އޭގެ ތިބް ދުވަސް ފަހުން ހަށިގަނޑު މާލެ ގެނެސް ވަޅުލާފައިވާއިރު މައްސަލައިގެ ތަހުގީގުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވެ އެވެ.

ޕޯސްޓުމޯޓަމް ހެދުމަށް އެންއައިސީން ނިންމި ސަބަބެއްކަމަށް އެ ކޮމިޝަނުން ބުނީ އިންސާފަށް ވާސިލުވުމެވެ. މައްސަލައިގައި އެންއައިސީން ބުނީ އަބްދުﷲ ގެ މަރުގައި ފުލުހުންގެ އެއްވެސް އިހުމާލެއް އޮތްތޯ ބެލުމަށް ކުރިޔަށް ގެންދަނީ ޖިނާއީ ތަހުގީގެއް ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދާނީ ފުލުހުންނާއި ގުޅިގެން ނަމަވެސް ލީޑިން އިންވެސްޓިގޭޓަރެއްގެ ދައުރު އަދާ ކުރާނީ އެންއައިސީކަމަށް ބަޔާނުގައި ވެއެވެ. އަދި ފުލުހުންގެ ދައުރަކަށް ވާނީ، ކޮމިޝަނުގެ ތަހުގީގަށް އެއްބާރުލުން ދީ އެހީތެރިކަން ފޯރުކޮށް ދިނުންކަމަށް ވެސް އެންއައިސީން ބުންޏެވެ.

އަބްދުﷲ ގެ މަރުގެ މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުންނާއި، އަދި ޕޯސްޓުމޯޓަމްގެ ނަތީޖާ ލިބިފައި ވޭތޯ ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރާނީ އެންއައިސީން ކަމަށެވެ. އަދި ފުލުހުންނަށް އެކަމުގައި ދެވޭނެ މައުލޫމާތެއް ނެތްކަމަށް ވިދާޅުވި އެވެ.

އެހެންވެ، އެންއައިސީއަށް ގުޅުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި އެންއައިސީގެ ރައީސް ގާސިމް އަބްދުލްކަރީމަށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: