ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ މަސައްކަތުގަޑީގައި ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މަގު މުވައްޒަފުންނަށް ތަނަވަސްކޮށްދިނުން: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އަމާޒަކީ މުވައްޒަފުން މަސައްކަތް ކުރާ ގަޑީގައި ހިތްހަމަޖެހިގެން މަސައްކަތް ކުރެވޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މުވައްޒަފުން ވަޒީފާ އަދާކުރާ ވަގުތުތަކުގައި އެމީހުންގެ ދަރިން ބެލެހެއްޓުމަށް ހާއްސަކޮށް ކުންފުނީގެ ފަރާތުން ޗައިލްޑް ކެއަރ ސެންޓަރެއް ވަނީ ހުޅުވާފައެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުއްވައިދެއްވީ ކުންފުނީގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާޙިމް މުހައްމަދު ދީދީ އެވެ.

ޗައިލްޑް ކެއަރ ސެންޓަރު ހުޅުއްވައިދެއްވުމަށް ފަހު ޝަރީފް ވިދާޅުވީ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސްޓެލްކޯ އިން ދަނީ ބުރަ މަސައްކަތް ކުރަމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މުވައްޒަފުން މަސައްކަތް ކުރާ ގަޑީގައި ތަންކޮޅޭއް ފައިދާ ކުރަނިވި ގޮތެއްގައި މުވައްޒަފުންގެ ދަރިންނަށް ސްޓެލްކޯ ތެރޭގައި ވަގުތު ހޭދަކުރެވޭނެ ގޮތް ހަމަޖެއްސުމަކީ މިއަދު ހުޅުވުނު ޗައިލްޑް ކެއަރ ސެންޓަރު ހުޅުވުމުގެ އަމާޒު ކަމަށެވެ.

ވަޒީފާ އަށް ނިކުންނަ މައިންބަފައިންނަށް އެ މީހުންގެ ދަރިން ބެލެހެއްޓުމަށް ސަރުކާރުގެ އޮފީސްތަކުގައި ޗައިލްޑް ކެއަރ ސްޕޭސް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިސަރުކާރުންނެވެ.

ޗައިލްޑް ކެއަރ ހުޅުވިފައި ހުންނާނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8.15 އިން ހަވީރު 4 އަށެވެ. އަދި އެސެންޓަރުގައި ހިދުމަތް ދޭނީ އުމުރުން 5 އަހަރާއި 10 އަހަރާއި ދެމެދުގެ ކުދިންނަށް ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ. އަދި އެ ސެންޓަރުގައި ކުދިންގެ އުމުރުފުރާ އާއި ގުޅުންހުރި ތަފާތުގިނަ މަޖާ ހަރަކާތްތަކާއި ކުޅިވަރު ކުޅެވެން ހުންނާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: