ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަރާޖުގައި ހިނގި އަލިފާނުގެ ހާދިސާ: 14 މީހަކު ސަލާމަތް ކުރެވުނު!

ގަރަޖްގައި ރޯވި ހާދިސާގައި ޒަހަމްވި މީހަކު އެމްބިއުލާންސްގައި ގެންދަނީ/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިކަލްތަކެއްގެ މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޯވެ، ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގެ ލޭބާ ކުއާޓަރުގައި ތިބި ބައެއް މީހުން ނިޔާވިރު ތަނުގެ ތެރެއިން 14 މީހަކު ސަލާމަތް ކުރިކަމަށް ފުލުހުން ބުނެފި އެވެ.

ރޭ 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި ފަޔާ އެންޑް ރެސްކިއު އާއި، ސިފައިން ގުޅިގެން އަދިވެސް ދަނީ އެ އިމަރާތުގައި އިތުރު ބައެއްގެ ހަށިގަނޑުތައް ވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ފެނުނު މީހުންގެ ހަށިގަނޑުތައް ވަނީ، ގަލޮޅު މޯޗަރީއަށް ގެންގޮސްފަ އެވެ.

ހާދިސާގައި އަނިޔާވި، އެކަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައިކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ހެނދުނު މީޑިއާ ގުރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވީ، މި ހާދިސާގައި ޖުމްލަ 14 މީހަކު ސަލާމަތް ކޮށްފައިވާ ކަމަށެވެ.

އެ ގަރާޖު ހުންނަ އިމާރާތުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅޭކަމަށް މައުލޫމާތު ލިބެ އެވެ. ސީދާ އަދަދު ސާފު ނުވީނަމަވެސް އެކި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެތަނުގައި ގާތްގަނޑަކަށް 40 އެއްހާ މީހުން އުޅެ އެވެ. އަދި އެ މީހުން ނިދައި އުޅެނީ ޑިއުޓީ ބަހައިގެންކަން ވަނީ އެނގިފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ގަރާޖުގައި މި އަހަރުގެ މޭއި މަހުގެ ތެރޭގައި ވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: