ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

10 މީހަކު ނިޔާވެއްޖެ، އިންޑިއާ ރައްޔިތުންވެސް ހިމެނޭ: އިންޑިއާ ހައިކޮމިޝަން

ނިޔާވި މީހުންގެ ގާތް ތިމާގެ މީހުން ގަލޮޅު ސަހަރާ ސަރަހައްދަށް އެއްވެ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި 10 މީހެއްގެ ފުރާނަ ގެއްލިގޮސްފައިވާކަން ދިވެހިރާއްޖޭގެ ކަމާއި ބެހޭ މުވައްސަސާތަކުން ކަށަވަރު ކުރާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައި ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވާގޮތުުން، އެ ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުންދަނީ ނިޔާވެފައިވާ މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާ ރައްޔިތުންގެ އާއިލާތަކަށް ގުޅުމަށެވެ. އަދި މައްޔިތުންގެ ޝަހުސުތައް ކަށަވަރު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގެ ތާރީހުގައި ހިންގާފައިވާ އެންމެ ނުރައްކާތެރި އަދި ހިތާމަވެރި ހާދިސާ ހިންގާފައިވަނީ ކޯރުކެނޑިމަގާއި، އިސްކަންދަރު މަގާއި ގުޅޭ ހިސާބުގައި ހުންނަށް އޭއެސްއެމް ކޫލް ސޮލިއުޝަންސް ކިޔާ ގަރާޖެއްގައި އަލިފާން ރޯވުމުގެ ސަބަބުންނެވެ. މި ހާދިސާގައި ގިނަ އަދަދެއްގެ މީހުން ނިޔާވެ އިމާރާތަށްވެސް ބޮޑެތި ގެއްލުންތައް ލިބިގޮސްފައިވާއިރު، އަލިފާން ރޯވާން ދިމާވި ސަބަބު އަދި ސާފުވެފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: