ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓާއި އެކު ހުށައެޅުނު ސިޔާސަތުތަކާ އެއްގޮތަށް ފިޔަވަޅު ނާޅައިފި ނަމަ ޑެފިސިޓް  14 ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ: އަމީރު

މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި އެކު ހުށައެޅުނު ސިޔާސަތުތަކާ އެއްގޮތަށް ފިޔަވަޅު ނާޅައިފި ނަމަ ޑެފިސިޓް  14  ބިލިއަން ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.

މިއަދު މަޖިލީހުގައި ބަޖެޓަށް ބަހުސް ކުރައްވަމުން އަމީރު ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓްގެ އެހީގައި ޑެފިސިޓް އަހަރަކަށް ވުރެ އަރަހެއް ކުޑަ ކުރެވޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ ޖީއެސްޓީ ރޭޓް އިތުރުކޮށްގެންނާއި ޓީޖީއެސްޓީ ޓެކްސް ބޮޑުކޮށްގެން ޑެފިސިޓް ކުޑަކުރެވޭނެ ކަމަށެވެ.

ދައުލަތުގެ ޓެކްސްގެ ނިޒާމަށް ގެނެވޭ ބަދަލާއި  ދައުލަތުގެ ހަރަދު ކުޑަކުރުމާއި ދައުލަތުގެ އެފިޝެންސީ އިތުރުކޮށްގެން ގެންނަ ބަދަލުތަކުގެ ތެރެއިން ޑެފިސިޓް 8.4 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.

ބަޖެޓް ޑެފިސިޓް ކުރަކުރުމަށް ހާސިލްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ބަޖެޓްގައި ފިސްކަލް އެންކަރސް ތަކެއް މީޑިއަމް ޓާމް ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާނެކަމަށް އަމީރު ވިދާޅުވިއެވެ.

ބެޖެޓް އެންކަރސް ގެ ގޮތުގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި މެދުރާސްތާގެ ދަރަނި ގެރެންޓީ ނުހިމަނައި ޖީޑީޕީގެ ނިސްބަތުން 100 ޕަސެންޓަށް ކުޑަކުރުމާއި، ޕްރައިމަރީ ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 ޕަސެންޓަށް ކުޑަކޮށް އެމިންވަރުގައި ހިފެހެއްޓުން ހިމެނެއެވެ. އަދި އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި އަހަރަކަށް ފަހު އަހަރެއް ދަށްކުރުމާއި، ރިކަރަންޓް ހަރަދު ދައުލަތުގެ އާމްދަނީ ގައި ހިލޭ އެހީ ނުހިމަނާ އާމްދަނީއަށް ވުރެ ދަށްކޮށް އެއްމިންގަނޑެއްގައި ހިފެހެއްޓުން ހިމެނެއެވެ.

އަމީރު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ހުރި މިންވަރާއި މިއަދު ރާއްޖޭގެ އިގްތިސާދު ހުރިމިންވަރާއި އަޅާބަލާއިރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އިގްތިސާދު 7.1 ޕަސެންޓް ކުރިއަރާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

2020 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ އާލަމީ ވަބާގައި ރާއްޖޭގެ އިގްތިސާދުވެސް ދުނިޔޭގެ އިގްތިސާދާ އެކު ދަށަށް ދިޔަކަމަށް އަމީރު ފާހަގަ ކުރެއްވިއެވެ. އެގޮތުން 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ 33 ޕަސެންޓް ދަށަށް ދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: