ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ފުލުހުން އެދިއްޖެ!

ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ނިޔާވި މީހުންގެ ވަނަވަރުކަމަށް ބުނެ، ކަމާއި ގުޅޭ އިދާރާތަކުން އާންމު ކުރުމުގެ ކުރިން މީހުންގެ މައުލޫމާތުތައް އާންމު ނުކުރުމަށް ފުލުހުންގެ މުއައްސަސާއިން އެދިފިއެވެ.

އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާމަ ކުރަމުންދާ ބައެއް މައުލޫމާތުގެ ސައްހަކަން ކަށަވަރު ނުވާކަމަށް އިޝާރާތްކުރައްވާ ފުލުހުން މީޑިއާއިން މައުލޫމާތު ދީފައިވާގޮތުން، ނިޔާވެފައިވާ އެންމެންގެ މައުލޫމާތުތައް އެ މުއައްސަސާއަށް ކަށަވަރު ކުރެވިފައިނުވެއެވެ.

ފުލުހުން ބުނެފައިވާގޮތުން މިހާރުވެސް އެ މުއައްސަސާއިން މަސައްކަތްކުރަމުންދަނީ ނިޔާވި މީހުންގެ ދެނެގަތުމަށެވެ. އެހެންކަމުން ކަށަވަރުވެފައިނުވާއިރު އެފަދަ މައުލޫމާތުތައް އާންމު ކުރުުން އާއިލާތަކަށް ނޭދެވޭ އަސަރުތައް ކުރާނެކަމަށްވުމުން އިހުތިރާމު އަދާ ކުރުމުގެ ގޮތުން، ކަމާއި ގުޅޭ އިދާރާތަކުން އާންމު ކުރުމުގެ ކުރިން މީހުންގެ ވަނަވަރުކަމަށް ބުނެ މައުލޫމާތުތައް އާންމު ނުކުރުމަށް ފުލުހުންވަނީ އެދިފައެވެ.

މީގެ އިތުރުން ފުލުހުން ބުނެފައިވާގޮތުން އަލިފާނުގެ ހާދިސާ ހިނގި މ ނިރުފެހި ގެއަކީ ފުލުހަކު ކުއްޔަށް ހިފާފައިވާ ތަނެއް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މާލޭގައި ހުންނަ އޭއެސްއެމް ކޫލް ސޮލިއުޝަންސް ނަމަކަށް ކިޔާ ގަރާޖެއްގައި ރޯވެ ހިނގާފައިވާ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާއިރު، މަރުވެފައިވާ މީހުން އިންޑިއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާކަމަށް އިންޑިއާގެ ހައިކޮމިޝަނުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: