ގައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ބައެއް ޒުވާނުން ދީނާ ދުރުވެ، ރިވެތި އަހްލާގީ ސިފަަތަކާއި ދުރުވެފައިވާކަމަށާއި، މިކަމަށް ޒިންމާ ނަގަންޖެހޭނެ ބަޔަކު ވާނެކަމާއިމެދު ޝައްކެއް ނެތްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކުރެވިފައިވަނީ އީމާންކަން ހަރުދަނާކުރުމުގެ މައްޗައްކަމުގައިވާއިރު، ހުތުބާގައި ބުނެފައިވަނީ އިންސާނާގެ ހަގީގީ ކާމިޔާބީއާއި، ބާއްޖަވެރިކަން ވަނީ މާތް ﷲ އަށް ފުރިހަމަ މާނާގައި އީމާންވުމަށްކަމަށެވެ. އަދި އިމަންކަމަކީ އިސްލާމްދީނުގެ އަސާސެއްކަމަށާއި، އެހެންކަމުން ދުންޔަވީ ހަޔާތުގެ އުފަލާއި، އަރާމާއި އާހިރަުގެ ބާއްޖަވެރިކަން ލިބޭނީ އީމާކަން ވަރުގަދަކޮށް ހަރުދަނާކޮށްގެންކަމަށް ހުތުބާގައިވެއެވެ.
ހުތުބާގައި ފާހަގަކޮށްފައިވަނީ އިންސާނުން އަރަގުވެފައި ތިބި މިފަދަ ދުވަސްވަރެއްގައި އީމާންކަން ހަރުދަނާކޮށް، ވަރުގަދަކުރުމަށް ގަދައަޅައި މަސައްކަތް ނުކޮށްދިނަމަ، ތިމާގެ އީމާންކަން ބަލިކަށިވެދާނެކަމަށާއި އަދި އެކަމުގެ ސަބަބުން ނުބައި މަގުން ދެވުމަކީ ވަރަށް ގާތްކަމެއްކަމަށެވެ. އަދި އީމާންކަމަށް އިންސާނާގެ އަމަލުތަކުން އަސަރުފޯރުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ހުތުބާގައި ބުނެފައިވާގޮތުގައި ހަގީގީ މާނާގައި، މާތް ﷲ އަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުއޫރުތަކާއި، ބާއްޖަވެރިކަމުގެ އިސްސާސްތައް އުފައްދާކަމެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކަލާނގެ އަމުރުކުރެއްވި ގޮަށް ކަންކަން އަދާކޮށް ކިޔަމަންތެރިމުގެ ތެރެއަށްވެސް ވަދެވޭނެކަމަށްވެއެވެ.
މިއަދު އަހަމެންގެ މުޖުތަމައުގައި ވެސް ތަޅާފޮޅުމާއި، މާރާމާރީ ވަނީ އާންމުވެފަ. ވައްކަމާއި ހިޔާނާތާއި، މަކަރުހެދުމާއި، އެކަކު އަނެއްކަންކަން ފުރައްސާރަކުރުން ވަނީ އިތުރުވެފަ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ބަދުއަހުލާގީ އަމަލުތައް ވަނީ ހައްދުފަހަނައަޅައި ގޮސްފަ. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން ވަނީ އާންމުވެފަ
މިއަދުގެ މުޖުތަމައުގެ ތެރޭގައި އާންމުވެފައިވާ ބޮޑެތި ފާފަތަކާއި، ގޮސްކަންކަން ފާހަގަކޮށް ހުތުބާގައިވަނީ މިފަދަ އަމަލުތަކަށް އަރައިގަނެވޭ ސަބަބކީ މާތް ﷲ ހަނދުމަކުރުމުން އެއްކިބާވުންކަމަށެވެ. އަދި އީމާންކަން ބަލިކަށިވުމަކީވެސް އޭގެ ސަބަބެއްކަމަށް ހުތުބާގައިވެއެވެ.
ފާހިޝް އަމަލުތަކާއި، އެންމެހާ ކުށްތަކުން މުޖުތަމައު ސަލާމަތްކޮށް، އިސްލާހުކުރެވޭނީ މާތް ﷲ އާއި ގައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މަނާގައި އަގީދާވަރުގަދަކޮށްގެންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި މާތް ﷲ ގެ ހަޟްރަތަށް ރުޖޫއަވެ. އަޅުތަކުންނާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ވަރުގަދަކުރަންޖެހޭނެކަމަށްވެސް ހުތުބާގައިވެއެވެ.
ޖާހިލިއްޔަ ޒަމާނުގައި އަރަބިންނަކީ، ރަލާ ނުލައި ނޫޅެވޭ ވަރަށް އެއަށް ދެވިހިފާފައި ތިބި ބައެއް. ނަމަވެސް މާތް ﷲ ރާ ހަރާމްކުރެއްވިކަން އެންގެވުމުން ވަގުތުން އެބައިމީހުން ރާބުއިމުން ފުރުހެލިވި. ތިމާމެންނަކީ މާތް ﷲ ގެ އަޅުކަން ގަބޫލުކޮށް އެކަލާނގެ އަމުރުފުޅުތަކަސް ކިޔަމަންތެރިވުމުގެ ގޮތުން. އެކަލާނގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ގަބޫލުކުރެވިގެން
ޖާލިހިއްޔަ ޒަމާނުގައި ގޮސްކަންކަމަށް ދެވިހިފާފައި ތިބި މީހުން، އިސްލާމްދީން އައުމަށްފަހު އެކަންކަން ހަރާމްކުރެއްވީތީ، މާތް ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެކަން ގަބޫލުކޮށް އެފަދަ ކަންކަމުން ދުރުހެލިވީކަމަށް ފާހަގަކޮށް ހުތުބާގައި ވަނީ މިސާލުދައްކަވާފައެވެ.
ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއް ހޯދުމަށް ގައުމުގެ ތައުލީމީ ފަލްސަފާއާއި، ގައުމީ މަންހަޖު ހަރުދަނާކުރެވޭނެ ގޮތްތަކެއް ރާވަންޖެހޭކަމަށް ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، އެކުދިންގެ ހިތްތަކުގައި ދީނީ އަގީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަންޖެހޭކަމަށެވެ. އިސްލާމީ އުއްމަތް ބިނާކޮށް، ގައުމު ތަރައްގީކުރުމުގައި ޒުވާނުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި، އެހެންކަމުން ޒުވާނުންގެ ހާލަކީ ކޮބައިތޯ ބަލަންޖެހޭކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަދި ޒުވާނުންނަށް ދެވޭ ތަރުބިއްޔަތާއި، ތައުލީމުގެ މިސްރާބު ހުރި ނެތް ގޮތް ވަޒަންކުރަންޖެހޭކަމަށްވެއެވެ.
މިއަދުގެ ޒުވާނުންނަކީ ކުރިމަގުގައި ގައުމު އާރާސްތުކޮށް، ސަލާމަތުގެ އައްސޭރިއަށް ގައުމު ގެންގޮސް ދެވޭނެފަދަ ބައެއްތޯ ސުވާލުކޮށްލުން މުހިންމުކަމަށާއި، ގައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންކަމަށްވާއިރު، ބައެއް ޒުވާނުން ދީނާ ދުރުވެ، ރިވެތި އަހްލާގީ ސިފަަތަކާއި ދުރުވެފައިވާކަން ފާހަގަކޮށް ހުތުބާގައި ވަނީ އެކަންކަމާއިމެދު ހިތާމަފާޅުކޮށްފައެވެ. މިކަންކަމަށް ޒިމާ ނަގަންޖެހޭނެ ބަޔަކު ތިބޭނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.
އަހަރެމެންގެ ކަންކަން ބަހައްޓަންޖެހޭނީ އިސްލާމީ ހަމަތަކާއި އެއްގޮތަށްކަމަށް ފާހަގަކޮށް، ހުތުބާގައި ބުނެފައިވަނީ ހުރިހާ ވެށްޓަކީވެސް ކުދިންގެ އީމާންކަމާއި އަގީދާ ހަރުދަނާކޮށް ވަރުގަދަކުރުމަށް ބާރުއަޅާ ތަންތަނަށްވާންޖެހޭނެކަމަށެވެ.ހުކ

