ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮމެއްގެ އިންޒާރު ލިބި އައްޑޫ ހިތަދޫ ގެއެއް ބަލާ ފާސް ކުރަނީ!

ފުލުހުން އައްޑޫގައި ކުރިޔަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން/ ފޮޓޯ: އައްޑޫ ލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮމެއްގެ އިންޒާރެއް ލިބުމުން، އައްޑޫ ހިތަދޫގެ ގައެއް ބަލައި، ފާސްކޮށް ކައުންޓާރ ޓެރަރިޒަމްގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން، މި އޮޕަރޭޝަން ކުރިޔަށް ގެންދަަނީ އައްޑޫ އާއި މާލޭގެ ސަރަހައްދުގަ އެވެ. އަދި އޮޕަރޭޝަން ކަނޑުގެ ސަރަހައްދުގައި ުކުރިޔަށް ގެންދާނެކަމަށް ވެސް ފުލުހުން މައުލޫމާތު ދެ އެވެ.

އޮޕަރޭޝަނުގެ މައުލޫމާތުތައް ހޯދުމަށް ގުޅާލުމުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަން މިވަގުތު ކުރިޔަށް ގެންދަނީ އައްޑޫ އާއި މާލޭގައި ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރައްވަ އެވެ.

އެނގައިވާ ގޮތުގައި ފުލުހުން މިވަގުތު ހަރަކާތްތެރި ވަމުން ދަނީ، ހިތަދޫގެ ކުރީގެ ޕޮލިސް ޓްރެއިނިން ސްކޫލު ހުރި ސަރަހައްދުގަ އެވެ. މީއީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ކައުންޓާރ ޓެރަރިޒަމްއިން ބަލާ ފަސް ކުރި ގެއެއްކަމަށް މައުލޫމާތު ލިބެ އެވެ.

މިދިޔަ އަހަރު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ މައްސަލައިގައި ހަރުކަށީ ފިކުރާއި ދެކޮޅަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން އައްޑޫން ބަޔަކު ހައްޔަރު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: