ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޒާވުގައި ހުރީ 1 މަސް ދުވަހުގެ ކާޑު: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ރިޒާވުގައި ހުރީ 1 މަސް ދުވަހުގެ ކާޑުކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޓުވީޓެއް ކުރައްވާ ޝިޔާމް ވިދާޅުވީ މިފަދަ ވާހަކަތައް ދައްކަވަނީ އެބޭފުޅުން އެކަނިނޫންކަމަށާއި، ހުދު އެމްޑީޕީ މެންބަރުވެސް ދައްކަވަނީ އެވާހަކަކަމަށެވެ. އަދި ޝީޔާމް ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާ އަރިސް މެންބަރު އުގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު މަޖިލީހުގައި ދައްކަވާފައިވާ ވާހަކައެއް ހިއްސާކުރައްވާފައެވެ.

ޝިޔާމް ހިއްސާކުރައްވާފައިވާ ކްލިޕްގައި ވަހީދު ފާހަގަކުރައްވަނީ ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރަށް އަމާޒުކުރައްވާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ސިޔާސީ ބޭނުމަށް އުފައްދާފައިވާ ވަޒީފާގެ ގިނަ ވާހަކަދެއްކެވިކަމަށެވެ. އެއީ 470 ވަޒީފާކަމަށް ފާހަގަކުރައްވާ، ވަހީދު ވިދާޅުވެފައިވަނީ މަތިބަރުކަން ކުޑަކުރަން ވަޑައިގެންނެވި މި ސަރުކާރުގައި މިހާތަނަށް 1068 ވަޒީފާ އުފައްދާފައިވާކަމަށެވެ.

ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ގައުމުގެ މާލީ ރިޒާވް ދަށަށްދާކަމުގެ ވާހަކަތައް މިހާރު ވަނީ އާންމުވެފައެވެ.

ދައުލަތުގެ ހަރަދު ބޮޑުވުމުގެ ސަބަބެއްކަމުގައި އިދިކޮޅު ފަރާތްތަކުގެ އިތުރުން، އެމްޑީޕީގެ މެންބަރުންވެސް ގަބޫލުކުރައްވަނީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ސަރުކާރަށް ކުރައްވާ ހަރަދުތައް އިތުރުވުންކަމަށެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ވަޒީފާތައް އުފައްދާ، ދައުލަތުގެ މުދަލުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމުގެ ވާހަތައް ދެކެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: