ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަސްވެރިން ގޮތްހުސްވެފައި، ދަތުރުތަކަށް 186 މިލިއަންގެ ހަރަދެއް“

ބަނދަރުގައި އޮތް މަސްދޯންޏެއްގައި ތިބި މީހުންނާ އެކު ރައީސް ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިންގެ ދަތުރުގެ ހަރަދުތަކަށް ބޮޑު ހޭދައެއް ސަރުކާރުން ކުރަމުން ގެންދާތީ، އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

2020 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑުގެ ހާލަތާއި އަދި މި އަހަރު ފެށުނު ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރި އެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި، އަދި މުދާ ހޯދުމުގައި ދަތިތަކެއް ދިމާވެފައިވަނިކޮށް، ރާއްޖޭގެ އިގްތިސާދު އެއަށް ވުރެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާން ޖެހުނީ ދަރަނީގެ ހާލަތު ގޯސްވުމުންނެވެ. އަދި އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވެ، ރާއްޖޭގެ ޖުމްލަ ދަރަނި 100 ބިލިއަނުން މައްޗަށް ވަނީ އަރާފަ އެވެ.

މި ދަތިތަކާއި ހުރެ، ފިނޭންސް މިނިސްޓްރީން ވުޒާރާރާތަކަށް ހަރަދު ކުޑަކުރުމަށް އަންގައި ސާކިއުލާއެއް ނެރުނެވެ. އަދި މުދަލުގެ އަގުން ނަގާ، ގީއެސްޓީ އާއި ފަތުރުވެރިކަމުގެ ހިދުމަތުން ނަގާ ޓީޖީއެސްޓީ ބޮޑުކޮށް އަންނަ އަހަރުން ފެށިގެން ތަންފީޒު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ސަބަބުތަކާއި އެކު ވެސް، ސަރުކާރުގެ އެތެރޭގެ ހަރަދުތަކަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކޮށް، ގައުމެއްގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ.

ސަރުކާރުން ހަރަދުތަކަށް މި އަހަރު އެކަނި ވެސް 186 މިލިއަން ރުފިޔާ ހޭދަކުރިއިރު، މިއީ މިދިޔަ އަހަރާއި އަޅާބަލައި 56 މިލިއަން ރުފިޔާގެ އިތުރުވުމެއްކަމަށް ރާއްޖޭގެ މީޑިއާތަކުން ގެނެސްދީފައިވާ ހަބަރެއް ހިއްސާ ކުރައްވައި ސައީދު އިތުރަށް ވިދާޅުވީ އަހަރު ނިމެން ބާކީ އޮތް މަދު ދުވަސްކޮޅަށް ސަރުކާރުގެ ހަރަދުތައް ދެކޮޅު ޖެއްސުމަށް 04 ބިލިއަންގެ ދަރަނި ބޭނުންވާ ކަމަށެވެ. އެއީ އަހަރުގެ މިހާރު ބާކީ އޮތް 49 ދުވަހުގެ ނިސްބަތުން ބަލާއިރު ދުވަހަކަށް 89 މިލިއަން ރުފިޔާކަމަށް ސައީދު ވިދާޅުވި އެވެ.

މި ސަރުކާރުގެ ސަބަބުން މަސްވެރިން ތިބެން ޖެހިފައި ވަނީ، ގޮތް ހުސްވެފައިވާ ހާލަތެއްގައިކަމަށާއި ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ސަަމާލުކަމެއް ނެތި އަމިއްލަ މަންފާ އެކުލެވޭ ދަތުރުތަކަށް އެތައް މިލިއަނެއް ހަރަދު ކުރިކަމަށް ސައީދު ވިދާޅުވި އެވެ.

އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އޮކްޓޯބަރު މަހުގެ ނިޔަލަށް ސަރުކާރުން ކުރި ހަރަދުތަކަށް 185 މިލިއަން ރުފިޔާ ހަރަދުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: