ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ކުރިކަމަށް ތުހުމަތުކުރާ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑްކޮށްފި!

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް އެންފޯސްމެންޓް އިން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރުމާއި ގުޅިގެން ފުލުހަކު ސަސްޕެންޑް ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ މައްސަލަ ދަނީ ތަހުގީގުކުރަމުންކަމަށެވެ. އަދި ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި އެމީހަކީ ޑްރަގު އެންފޯސްމެންޓް ގައި އުޅޭ ފުލުހެއް ނަމަވެސް، އެއްވެސް އިސްތިސްނާއެއް ނެތި އެމީހަކާއި ދޭތެރޭ ފިޔަވަޅު އަޅާނެކަމަށެވެ.

ފުލުހުން ބުނެފައިވާގޮތުގައި އޭނާ އަކީ ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބަލަހައްޓާ ޓީމެއްގައި ހިމެނޭ ފުލުހެއް ނަމަވެސް، ޑްރަގް އެންފޯސްމެންޓްގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ބެލެހެއްޓުމުގައި އަމަލުކުރާ އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން، އެތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އެއްވެސް ފުރުސަތެއް ނުލިބޭނެކަމަށެވެ. އަދި އެހެން ފުލުހަކަށްވެސް އެ ފުރުސަތު ނޯންނާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޑްރަގް އެންފޯސްމެންޓް އިން ހިންގި އޮޕަރޭޝަނެއްގައި ވަނީ ފިލްމީ ތަރި އައިމިނަތު ރިޝްފާގެ އިތުރުން ޓިކްޓޮކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހުނޭޝާ ނަސީރު (ހުނޫ) ވެސް ހައްޔަރުކޮށްފައެވެ. އަދި މިހާރު ކްރިމިނަލް ކޯޓުން ވަނީ މި ދެމީހުންގެ މައްޗަށްވެސް ބަންދުގެ މުއްދަތު ޖަހާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: