ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2021 ގައި 6.7 މިލިއަން މީހުން މަރުވީ ހަކުރުބަލީގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރު 6.7 މިލިއަން މީހުން ދުނިޔޭގައި މަރުވީ ހަކުރުބަލީގައިކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭ އިން ނެރެފައިވާ ބަޔާނުގައިވާ ގޮތުގައި މިއަހަރުގެ ހަކުރު ބަލީގެ ދުވަހުގެ ޝީއާރަކީ “މާދަމާގެ ރައްކާތެރިކަން އުނގެނެމާ”  އެވެ.

މި ބާޔާނުގައި ބުނެފައިވާ ގޮތުގައި ހަކުރު ބަލީގެ ދެ ވައްތަރެއް ހުންނަކަމަށާއި، އެއީ “ޓައިޕް 1 ޑައިބެޓީސް” އަދި “ޓައިޕް 2 ޑައިބެޓީސް” އެވެ. “ޓައިޕް 1 ޑައިބެޓީސް” ޖެހެން އާންމުގޮތެއްގައި މެދުވެރިވަނީ ޅައުމުރުގައިކަމަށް އެޗްޕީއޭ ބުނެފައިވެއެވެ. މިި ޓައިޕްގެ ހަކުރު ބަލި ޖެހެނީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުވަތަ އެއްވެސް ވަރަކަށް ނުއުފެއްދުމުގެ ސަބަބުންނެވެ. އަދި ޓައިޕް 2 ޖެހެނީ ބޮޑެތި މީހުންނަށެވެ. މި ޓައިޕް ޖެހެނީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ ބަރުދަން ހުންނަށް ޖެހޭ ވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާއި ގުޅިގެން، ހަށިގަނޑޫން އުފައްދާ އިންސިއުލިން ބޭޏުން ނުކުރެވޭތީއެވެ.

މީގެ އިތުރުން އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި ދުންފަތުގެ އިސްތިއުމާލުކުރުމާއި، މާބަނޑު ދުވަސްވަރު ަކުރު މަތިވުމުންވެސް މި ބަލި ޖެހެން މަގުފަހިވާކަމަށް އެޗްޕީއޭ ބުނެފައިވެއެވެ.

އެޗްޕީއޭ ބުނެފައިވާ ގޮތުގައި އިންޓަރނޭޝަނަލް ޑައިބެޓީސް ޕެޑެރޭޝަންގެ 2021 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކަ ގޮތުގައި ދުނިޔޭގެ 537 މިލިއަން މީހުންނަކީ ހަކުރު ބަލީގެ މީހުންނެވެ. އަދި ގިނަ މީހުން ތަހައްމަލު ކުރަނީ “ޓައިޕް 2 ޑައިބެޓީސް” އެވެ.

ގައިން ގަޔަށް ނާރާ ބަލިތަކުގެ ހިރާސްތަކަށް ރާއްޖޭގައި ހުރި މިންވަރު ދެނެގަތުމަށް ހެދިފައިވާ ސްޓެޕްޗާރވޭ އިން ދެއްކި ގޮތުގައި 14 އިންސައްތަ މީހުންނަށް ހަކުރު ބަލި ޖެހިފައިވެއެވެ. އަދި 2018 ވަނަ އަހަރުގައި ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމްއިއްޔާއިން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި 3.7 އިންސައްތަ މީހުން މަރުވަނީ ހަކަުރު ބަލީގެ ސަބަބުންކަމަށް ބަޔާންކޮށްފައިވާކަމަށް އެޗްޕީއޭ ވަނީ ބުނެފައެވެ.

މި ބަލިން ދުރާލާ ރައްކާތެރިވުމަށްޓަކައި ސަމާލުކަންދެވިދާނެ ކަންކަމުގެ ގޮތުގައި އެޗްޕީއޭ ފާހަގަކޮށްފައިވަނީ ހެލިފެލިވެ އުޅުމާއި ކަސްރަތުކުރުމަށް އާދަކުރުމާއި، ކެއުމުގެ ވަގުތާއި ކާ މިންވަރާ މެދު ސަމާލުވުމާއި އަދި ހަށިގަނޑުގެ ބަރުދަން އިސްކޮޅާއި އަޅައި ހުންނަޖެހޭ މިންވަރުގައި ހިފެހެއްޓުމާއި އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުން އަދި ދުންފަތުގެ ދުމުން ރައްކާތެވުމެވެ. މީގެ އިތުރުން އެޗްޕީއޭ ވަނީ މި ބަލިން ރައްކާތެރިވެ، ސަލާމަތްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ބަޔާނުގައި ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: