ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސް ބިލަށް ވޯޓަށް ނާހާ މަޖިލީސް ނިންމާލީ ގަވާއިދާ ހިލާފަށް: އަސްލަމް

އެމްޑީޕީގެ ޕާލިމެންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސް ބޮޑުކުރުމުގެ ބިލަށް ވޯޓަށް ނާހާ މަޖިލީސް ނިންމާލީ ގަވާއިދާ ހިލާފަށްކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ޓެކްސް ބިލަށް ވޯޓަށް ނޭހި ސަބަބާއި ގުޅޭ ގޮތުން “ސަންގު” އިން ސުވާލުކުރުމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ވޯޓެއް ނެގުމަށް ކޯރަމް ހަމަނުވާ ހާލަތުގައި ވޯޓު ނެގުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަކުރުމަށްޓަކައި ރަނގަބީލެއް ޖައްސަވާ 5 މިނިޓުގެ ވަގުތެއް ދޭން ޖެހޭނެކަމަށެވެ. ނަމަވެސް އެފަދައިން އަފީފް އަމަލުކުރައްވާފައި ނުވާކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އަފީފް އިންނެވީވެސް ގަވާއިދާ ހިލާފަށްކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ފިޔަވާ ދެން ރިޔާސަތު ބަލަހައްޓަންޖެހޭނީ މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރެވެ. ނުވަތަ އުމުރުން އެންމެ ގިނަ ދުވަސްވީ މެންބަރެވެ. އެގޮތުގެ މަތިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ އަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވެން ނެތް ހާލަތުގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ޖެހޭނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި އަދި އޭނާކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވާއިދާއި ހިލާފަށް ޓެކްސްގެ ބިލަށް ވޯޓަށް ނާއްސަވާ މަޖިލީހުގެ ޖަލްސާ ނިންމަވާލެއްވުމުން މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގައި ތަޅުމުގައި މިވަގުތުވެސް ގެންދަވަނީ އިހުތިޖާޖުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: