ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު މެމްބަރު ކަމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައެއް ނުގަތް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި މަޖިލީހުގެ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މަޖިލީހުގެ މެމްބަރު ކަމަށް ވަކިވެފައިވާ ކަމަށް ކަނޑައަޚައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަނެ ކޯޓުން ބޭރުކޮށްލައިފިއެވެ.

ރައީސް ނަޝީދުގެ މެމްބަރު ކަމުގެ ގޮނޑިއާއިމެދު ގާނޫނީ ސުވާލުތަކެއް އުފައްދައި މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް ކަނޑައަޅައިދޭން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ކޮޕް 27 ސަމިޓުގައި ސްރީލަންކާ ތަމްސީލް ކުރެއްވުމަށް ރައީސް ނަޝީދު ވަދައިގެންނެވުމާއި ގުޅިގެންނެވެ.

ނަޝީދު މެމްބަރު ކަމުން ވަކިވެފައިވާކަން ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލް އަހުމަދު ޠޯލިބްއެވެ. އޭނާ ހުށަހެޅުއްވި އެ މައްސަލަ ބަލައި ނުގަތުމަށް ނިންމީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާއެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މައްސަލައިގައި އިތުރަށް ބުނެފައި ވަނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން އަމަލު ކުރަން ވާނީ ގައުމީ މަސްލަހަތާއި، ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންކަމަށް ބުނާ ކަމަށެވެ. އެހެންކަމުން ކޮޕް-27 ގައި ބައިވެރިވުމަށް ދިވެހި ދައުލަތުގެ ފަރާތުން ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވާއިރު ދައުލަތުގެ އެއް ބާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ސްރީލަންކާ ތަމްސީލު ކުރުމަކީ ދައުލަތުގެ ސިޔާދަތީ ބާރުގެ މަސްލަހަތުތަކާއި ފުށު އަރާކަމަށް މައްސަލައިގައި ވެއެވެ.

މިއީ ދުސްތޫރީ މައްސަލަ ފުށުއެރުމެއްކަމުގައި ވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަގާމުން ވަކި ކުރަން ޖެހިއްޖެ ތޯ ބެލުމުގެ އިހްތިސާސް އޮތީ ސުޕްރީމް ކޯޓުގެ އިހްތިސާސީ ބާރުގެ ތެރޭގައިކަން ފާހަގަކޮށް މައްސަލައިގައި ބުނެފައި ވަނީ، ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ ދަށުން ގާނޫނު މާނަ ކުރުމުގެ ބާރު ސިޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްކަމުގައި ވިޔަސް ގާނޫނު އަސާސީ އާއި ހިލާފުވާނަމަ އެ ހިލާފުވާ މިންވަރެއް އެއީ ބާތިލުކަމެއްގެ ގޮތުގައި ކަނޑައެޅުމުގެ ގާނޫނީ އިހްތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: