ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރު ނިމުމުގެ ކުރިން ޓޭޒާ ގަން ބޭނުންކުރަން ފަށާނެ!

ޓޭޒާ ގަން ބޭޏުންކުރާނެ ގޮތް ނޫސްވެރިންނަށް ދައްކާލުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު ނިމުމުގެ ކުރިން، ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި ޓޭޒަ ގަން ބޭނުން ކުރަން ފަށާނެކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ޕްރެސް ކޮނަފަރެންސަށް ފަހު، ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށް ފުލުހުންގެ ބޮޑީ ވޯން ކެމެރާ ބޭނުން ކުރާ ގޮތް އަދި ޓޭޒަ ގަން ބޭނުން ކުރާނެ ގޮތާއި އެ ހާލަތްތައް ވަނީ ކިޔައިދީފަ އެވެ.

ކުށްވެރިން އަތުލައިގަތުމުގައި ވަކި އުސޫލުތަކާއި، އިޖުރާއަތްތަކަށް އަމަލު ކުރަން ޖެހޭއިރު އެންމެ މުހިންމީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރު ކުރާ ގޮތާއި ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންދިއުމުގެ ތެރޭގައި އަމަލު ކުރާ ގޮތެވެ. އަދި ކުށެއްގެ ތުހުމަތަށް މީހާ ތަހުގީގު އިދާރާއަކަށް ހާޒިރު ކުރާއިރު، ހެކި ހުރި މިންވަރާއި މެދު އަބަދުވެސް ސުވާލު އުފައްދާއިރު ބްރިޖުގައި ވެކިކަލްތައް ދުއްވުމުގައި ހުންނަ ސްޕީޑަށް ވުރެ ބާރަށް ދުއްވާނަމަ އޮޓޯއިން ވެހިހަލްތަކުގެ ޕްލޭޓް ނަމްބަރު ކެޕްޗާވާ ސޮސްޓްވެއާގެ މަސައްކަތްތައް ވެސް ނޫސްވެރިންނަށް ވަނީ ދައްކާލާފަ އެވެ.

ތަފްސީލުތަކަށް ފަހު ހަމީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ތަހުގީގުތަކުގައި އާއި އޮޕަރޭޝަންތަކުގައި ބޭނުން ކުރެވޭނެ ވަސީލަތް ނުވަތަ އިކުއިޕްމެންޓުތަކުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާނެ ކަމަށެވެ.

ޓޭޒާ ގަން ބޭނުން ކުރުމަށް ފުރިހަމަ ކުރަން ޖެހޭ ތަމްރީނުތައް ފަށައި ކުރިޔަށްދާކަން ފާހަގަކޮށް ހަމީދު ވިދާޅުވީ، މިހާތަނަށް 20 އޮފިސަރަކު ފަސް ދުވަހުގެ މި ޓްރެއިނިން ނިންމާފައިވާ ކަމަށެވެ. އަދި އަހަރު ނިމުމުގެ ކުރިން އެ ބޭނުން ކުރަން ފަށާނެކަމަށް ވިދާޅުވި އެވެ.

މި ގަން ބޭނުން ކުރުމުގައި އަމަލު ކުރާނެ ގޮތުގެ، ޑެމޮންސްޓްރޭޝަނެއް ދެއްކުމަށް ފަހު އެ ތަފްސީލުތައް ހިއްސާ ކުރެއްވި އޮފިސަރު ވިދާޅުވީ ބަޑި ޖެހުމާއި އެކު މީހާގެ ހަރަކާތް ފަސް ވަރަކަށް ސިކުންތައް ހުއްޓޭނެނެ ކަމަށެވެ. އަދި އެވަގުތު އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭނެކަމަށް އޮފިސަރު ވިދާޅުވި އެވެ.

އޮފިސަރު ވިދާޅުވީ، ބަޑި ބޭނުން ކުރާނީ ހަތަރު ފޫޓަށް ވުރެ ކައިރި ނުވާހެން ކަމަށެވެ. މީގެ ސަބަބުން ސިއްހީ ގޮތުން އެއްވެސް ގެއްލުމެއް އެމީހަކަށް ނުވާނެކަމަށް އޮފިސަރު ވިދާޅުވި އެވެ.

އިތުރު ތަފްސީލުތައް ހިއްސާ ކުރައްވައި ހަމީދު މިއަދު ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތުގައި މިވަގުތު 25 ޓޭޒަ ގަން އެބައޮތް ކަމަށާއި އެ އިތުރަށް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ދާކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގޮތުންނާއި، އަދި ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގައި މިވަގުތު ބޭނުން ކުރަމުން ދާ އެންމެ ރައްކާތެރި އަދި އެންމެ އެޑްވާންސް އިކުއިޕްމެންޓުގެ ގޮތުގައި ފާހަގަކޮށް ހަމީދު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އޮޕަރޭޝަންތަކުގައި މި ގަން ބޭނުން ކުރާނެކަމަށެވެ.

ހަމީދު ވިދާޅުވީ ގަން ބޭނުން ކުރާ ހިސާބުން، އެ ސަރަހައްދާއި ކައިރި އެހެން ތަނެއްގައި ހުންނަ އޮން ޑިއުޓީ އޮފިސަރުންގެ ބޮޑީ ވޯން ކެމެރާ އޮޓޯއިން އޮންވެ ލައިވް މަންޒަރުތައް ވަގުތުން ބަލައިލެވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: