ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާމްދަނީ ހޯދަން ސަރުކާރަށް ހަމައެކަނި ފެންނަނީ ރައްޔިތުންގެ ޖީބު: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

އާމްދަނި ހޯދުމަށް ކުރާނެކަމެއް މި ސަރުކާރަށް ނޭނގޭކމަށާއި އާމްދަނީ ލިބޭނެ ވަސީލަތަކަށް ސަރުކާރަށް ހަމައެކަނި ފެންނަނީ ރައްޔިތު މީހާގެ ޖީބުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމުގައި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިއީ 33 އިންސައްތައިގެ ބޮޑުވުމެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ ޖީއެސްޓީ ޒީރޯ ބާސްކެޓުގައި ހުންނަ ތަކެއްޗަށްވެސް މިކަމުން އަސަރުކާނެކަމަށެވެ. އެއީ އޭގެ ވަށައިގެން ނުވަތަ ގަންނަ މީހާއާއި ހަމައަށް އެތަކެތި ގެނައުމަށްޓަކައި ކުރަންޖެހޭ ހަރަދުތަކަށް ބޮޑު އިންސައްތައަކުން ޖީއެސްޓީ ދައްކަންޖެހޭނެތީކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

މި ދެންނެވީ މިސާލަކަށް ކެރެޓ، ކެރެޓަކީ ޒީރޯ ބާސްކެޓުގެ ރައްޔިތުން ވަަރށް އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ ބާވަތެއް، ކެރެޓު މިހުންނަކީ ޒީރޯ ބާސްކެޓުގައި އެހެން ނަމަވެސް އެގިވަޑައިގަންނަވާނެ މި ބަދަލާއި އެކީގައި ހަމަ ކެރެޓުގެ އަގުވެސް ބޮޑު އެބަވޭ، ބޮޑުވާ ސަބަބަކީ މި ދަންނަވަނީ ކެރެޓު ފިހާރައިގެ ޝެލްފާއި ހިސާބަށް ނުވަތަ ފިހާރާގަ ވިއްކާ ކައުންޓަރާއި ހިސާަށް ކެރެޓު ގެންނަ މި ހިނގާ ހުރިހާ ހަރަދުތަކެއް އެބަ ބޮޑުވޭ

ނަމަވެސް ސަރުކާރުން މިކަން އޮޅުވާލުމަށް މަސައްކަތްކުރާކަމަށާއި، އަދި މިތަކެއްޗަށް އަސަރުނުކުރާނެކަމަށް ބުނާކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުން ތިބީ ވަރަށް އުނދަގޫ ހާލަތެއްގައިކަމަށް ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މި ސަރުކާރުގައި މާލީ ކަންތައްތަ މެނޭޖުކުރުމުގައި ދޯދިޔާ ކަންތައްތަކެއް ހުރުމުގެ ސަބަބުން ކޮވިޑުގެ ކުރީގައިވެސް ފެނުނީ އިގްތިސާދު ދަށަށް ދާތަންކަމަށެވެ. ސަރުކާރުގެ ނުކުޅެދުންތެރިކަން ފެނުނީ ކޮވިޑް އައުމުން ނޫންކަމަށް ތަކުރާރުކުރައްވާ ޝިޔާމް ވިދާޅުވީ، މިއީ ހަގީގަތްކަން އެމްއެމްއޭ އަދި ވޯލްޑްބޭންކުގެ ރިޕޯޓުތަކުން ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. އަދި މި ސަރުކާރަށް މާލީ ހާލަތު ގޮސްވުމާއި ކޮވިޑް އާއި މަތިކުރެވޭނެ ޖާގަ ނެތްކަމަށް ވިދާޅުވިއެވެ.

މި ސަރުކާރަސްވީ ހަތަރު އަހަރުގެ ތެރޭގައި ވަރަސް އުދަގޫ ދުވަސްތަކެއް ރައްޔިތުން ތަހައްމަލުކުރަނީ، ރައްޔިތުންގެ ދިރިއުޅުން ވަރަށް ބޮޑަށް ނިކަމެތިވެއްޖެ، އާމްދަނީ ވަރަށް ބޮޑު ތަނުން މަދުވެއްޖެ. ނަމަވެސް ދިރިއުޅުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވެއްޖެ

ޝިޔާމް ވިދާޅުވީ ސަރުކާރުގެ ނުކުޅެދުންތެރިކަމުން ދައުލަތް ދަރަނިވެރިވެގެން ދިޔުމުން އެކަމުގެ ޒިންމާ ރައްޔިތުން ނަގަންޖެހޭނެކަމަށް ގަބޫލުނުކުރަންކަމަށެވެ. ޖީއެސްޓި ބޮޑުކުރަން ނިންމުމުގެ ބަދަލުގައި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މަސައްކަތްކުރުން މާ މުހިންމަށް ޝިޔާމް ވިދާޅުވިއެވެ. އެއީ 16 ބިލިއަނަށްވުރެ ގިނަ ރުފިޔާކަމަށް ފާހަގަކޮށް ޝިޔާމް ވިދާޅުވީ، ޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ ގާތަށް ސަރުކާރުން އައިރު ނުލިބިވާ ފައިސާ ހޯދުމަށް ސަރުކާރުން ކުރި މަސައްކަތެއް ބުނެ ނުދެވުނުކަމަށެވެ.

ދިވެހި ރައްޔިތުން ޓެކްސް ބޮޑުކުރުމާއިމެދު ކަންބޮޑުވަނީ، ޓެކްސް ދައްކަންޖެހޭތީ ނޫންކަމަށް ފާހަގަކުރައްވާ ޝީޔާމް ވިދާޅުވީ، ނަމަވެސް ޓެކްސް ބޮޑުކުރާއިރު ރައްޔިތުންގެ ހާލަތުގެ އިތުރުން ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރަންޖެހޭކަމަށެވެ. ރައްޔިތުންގެ ޖީބުން ނޫންގޮތަކަށް މި ސަރުކާރަށް އާމްދަނީ ހޯދަން ނޭގޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: