ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސްކް ސްޕީކަރ ޕްރޮގްރާމް އަންނަ މަހު ބާއްވަނީ!

މަޖިލީހުން ކުރިޔަށް ގެންދާ "އާސްކް ސްޕީކަރ"ގެ 5 ވަނަ ޕްރޮގްރާމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އާސްކް ސްޕީކަރ ގެ 6 ވަނަ ޕްރޮގްރާމް އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފައިވާ ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ރައްޔިތުންގެ މަޖިލީހާ ބެހޭ ގޮތުން އާއްމު ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ އާސްކް ސްޕީކަރ ޕްރޮގްރާމެއް ކަމަށްވާ އާސްކް ސްޕީކަރގެ އިތުރު ޕްރޮގްރާމެއް އަންނަ މަހު ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އާސްކް ސްޕީކަރ ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު ފަހު 2.15 ގައި މަޖިލީހުގެ އިދާރާގެ 4 ވަނަ ފަންގިފިލާ ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ބުނެފައެވެ.

ފޯނުގެ ޒަރިއްޔާ އިންނާއި ވީޑިއޯ ކޯލް މެދުވެރިކޮށް ސުވާލު ކުރެވޭ އާސްކް ސްޕީކަރ ޕްރޮގްރާމަކީ ޕީއެސްއެމް އާއި މަޖިލީހާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމްގައި ވަގުތުން ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމީހެއްގެ ނަމާއި އައިޑީ ކާޑް ނަމްބަރު ޖެހުމަށް ފަހު ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ފޮނުވުމަށް ވަނީ އެދިފައެވެ. އަދި މީސް މީޑިއާ މެދުވެރިކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސުވާލު ޕޯސްޓުކޮށް Askspeaker# ބޭޏުންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

އާސްކް ސްޕީކަރ ޕްރޮގްރާމް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހުއެވެ.

މަޖިލީހުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ރައީސް ނަޝީދާއި އާއްމުން އެންމެ ބޮޑަށް ކުރާނެ ސުވާލެއްކަމަށް ބެލެވެނީ އެމަނިކުފާނު ސަރުކާރަށް ކުރާ ތާާއީދާއި މެދު އެވެ. އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބާއި މެދު ގެންގުޅުއްވާ ވިސްނުމާއި، ޕާޓީގެ ޕްރައިމެރީއާއި ގުޅޭގޮތުން ވާހަކަ ދައްކަވާނެ އެވެ. މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ، ސަރުކާރުގެ ހިންގުމާއި ސިޔާސަތުތަކާއި މެދު ހިތްހަމަ ނުޖެހޭތީ އެކަމަށް ވާހަކަ ދައްކަވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: