ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްރޫއުތައް ނިންމުމުގައި މި ސަރުކާރަށް ލިބުނީ ކާމިޔާބިއެއްތައް ނޫނީ ނާކާމިޔާބީއެއްތަ؟

ޜައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެބިނެޓު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމުހޫރިއްްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ގިނަ މަޝްރޫއުތައް ފެއްޓެވި ރައީސްއެވެ. އެހެން ނަމަވެސް އެމަނިކުފާނު ދިވެހިރާއްޖޭގެ ޕަބްލިކް ސެކްޓާރ އިންވެސްޓުމެންޓު ޕްރޮގްރާމްގެ ތެރެއިން ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތަފާސް ހިސާބުތައް ބެލުމުން ސާފުވަނީ އެންމެ ކަމެކެވެ.

ސާފުވާއެއް ކަމަކީ، އެމަނިކުފާނު ވެގެންދާނީ އެންމެ ގިނަ ވައުދުތައް ނުފުއްދުނު ރައީސަށް ކަމެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސާލިހު ދިވެހި ރައްޔިތުންގެ ހިތްތައް އަތުލެއްވީ، ގިނަ ވައުދުތަކެއް ވުމަށްފަހުއެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި އިގްތިސާދީ ކުރިއެރުންތައް ގެނެސްދެއްވުމާއި ރާއްޖޭގައި އިސްލާމް ދީނުގެ މަސްލަހަތު ހިފެހެއްޓެވުން އަދި ގައުމަށް “ޖަޒީރާ ތަރައްގީ” ތަކެއް ގެނެސްދެއްވުން ހިމެނެއެވެ.

އެހެންކަމުން އެމަނިކުފާނު ފެއްޓެވީ ބޮޑު މަސައްކަތްތަކެކެވެ. އިގްތިސާދީ ކުރިއެރުން ހޯދެވުމުގެ ނަމުގައި ގިނަ ކަންކަން ކުރެއްވި ކަމަށް މިހާރުގެ ސަރުކާރުން ފަހުރުވެރިވާއިރު، ދީނާއި ގައުމުގެ މަސްލަހަތު ހިފެހެއްޓެވުމުގައި ކާމިޔާބީ ހާސިލުވި ކަމަށް ފާހަގަކޮށްވެސް ވަރަށް ގިނަ ވާހަކަތައް ދައްކަވައެވެ. އަދި މިހާރުގެ ރައީސަކީ ޖަޒީރާ ރައީސްގެ ގޮތުގައި މަޝްހޫރު ބޭފުޅެއްކަމަށްވުމުން، ރައްޔިތުންނަށް ޖަޒީރާ ދިރިއުޅުމެއް ގާއިމުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަމަށް އެ މަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވެއެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެ، ރައްޔިތުންގެ ޖީބަށް ބާރު ފޯރުވައިގެން ނޫން ގޮތަކަށް ސަރުކާރުގެ ހަރަދުތައް ހަމަޖެއްސެން ނެތްކަން ހާމަވެގެންދިއުމުން، އެ ދަންނަވާ އިގްތިސާދީ ކުރިއެރުންތަކުގެ ވާހަކަތަކަކީ ހަގީގަތާއި އެއް ގޮތް ވާހަކަތަކެއް ކަމަށް ބުނެވެން ނެތެވެ. އަދި ދިވެހިރާއްޖޭގެ ދީނީ މަސްލަހަތު ގެއްލި، ގައުމުގެ ތެރޭގައި ދީނީ އެކިއެކި މައްސަލަތަކުގައި ހަލަބޮލިކަން އުފެދިފައިވުމުން އެ ވިދާޅުވާ ގޮތަށް ދީނީ ކަންކަން ކުރިއަރުވައި ދީން އިސް ކުރުމުގެ މަސައްކަތްތައްވެސް އެކަށީގެންވާ އުސޫލެއްގެ މަތިން ނުވަތަ އަހައްމިޔަތެއް ދީގެން ކުރެވިފައިނުވާކަމަށް ބުނެވިދާނެއެވެ.

ޖަޒީރާ ދިރިއުޅުމެއް ހޯދައިދެއްވާނެކަމަށް ބުނެ، ރައްޔިތުން ގާތުގައި ވީ ވައުދަކީވެސް މިފަދަ ކަމެކެވެ. ކުރިންވެސް ދެންނެވި ގޮތަށް ރައީސް ސާލިހު ގިނަ މަސައްކަތްތަކެއް ފެއްޓެވިއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އަހައްމިޔަތުކަން ދީގެން ކުރެއްވި މަސައްކަތަކީ ދިވެހިން ކުޅިވަރަށް އަހުލުވެރި ކުރުވުން ކަމަށް ބުނެވިދާނެއެވެ.

ޕީއެސްއައިޕީގެ ދަށުން މި ސަރުކާރުންވަނީ 262 މަސްރޫއެއް ފައްޓަވާފައިކަމަށްވާއިރު، މިހާތަނަށް 113 މަޝަރޫޢުއެއް ނިންމާފައިވެއެވެ. އަދި 101 މަސައްކައްކަތެއް މިހާރުވެސް ކުރިއަށް ދާއިރު، 47 މަސައްކަތެއްގެ ކޮންޓްރެކްޓު ހަވާލުކޮށް 1 މަޝްރޫޢުވަނީ އެވޯޑު ކުރެވިފައެވެ. މިއީ މަޝްރޫޢުތައް ކުރިއަށް ގެންދާ ދާއިރާތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢުތައް ނިންމާފައިވާ ދާއިރާއެވެ.

ކުޅިވަރު ވަސީލަތްތަކުގެ އިތުރުން ޒުވާނުން ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށްވެސް ޕީއެސްއައިޕީގެ ތެރެއިން މަސައްކަތްތަކެއް ކުރެވިފައިވެއެވެ. އެގޮތުން ޖުމުލަ 18 މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާއިރު ނިމިފައިވަނީ 3 މަޝްރޫއުއެކެވެ. އަދި މިވަގުތު 7 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު 7 މަޝްރޫއެއްގެ މަސައްކަތްތައް ނުފެށި އަދި 1 މަޝްރޫއެއްގައި ސޮއި ނުކުރެވިވެއެވެ.

ދެވަނަ އަށް އެންމެ ގިނަ މަޝްރޫއުތައް ނިންމާފައިވާ ދާއިރާއަކީ އިޔާދަ ކުރަނިވި ހަކަތަ ގާއިމު ކުރުމުގެ ދާއިރާއެވެ. މި ދާއިރާގެ ތެރެއިން ޖުމުލަކޮށް 76 މަޝްރޫޢުއެއް ކުރިއަށް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅޭއިރު، މިހާތަނަށް ނިމިފައިވަނީ 58 ކަމެކެވެ. އަދި 18 މަޝްރޫޢުއެއްގެ މަސައްކަތްތައް މިވަގުތު ކުރެވެމުންދާކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ހަރަދު ބޮޑު ކަމަށް ނަންވެފައިވާ ސަރުކާރަކުން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ތަރައްގީތަކެއް ގެނައުމަށް އެތައް ކަމެއް ކުރުމަށް ނިންމާފައިވާއިރު، ގިނައީ ނުކުރެވި ހުރި މަސައްކަތްތަކެވެ. މި ވެރިކަން ނިމިގެންދިއުމަށް އަހަރަކަށްވުރެ ކުޑަތަންވެއްޖެއެވެ. އެންމެ ހަރު އަޑަކުން ދައްކަމުންދާ އެއް ވާހަކައަކީ، ފެނާއި ނަރުދަމާ ނިޒާމު ގާއިމުކޮށްދިނުމުގެ ވާހަކައެވެ.

ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން 2018 ވަނަ އަހަރުން ފެށިގެން މިހާ ހިސާބަށް އައި އިރު، ނިމިފައިވަނީ 12 މަސައްކަތެކެވެ. 119 ރަށެއްގައި އަދިވެސް މަސައްކަތްތައް ކުރިއަށްދާކަމަށް ބުނާއިރު، 10 ރަށެއްގެ ކޮންޓްރެކްޓު ހަވާލު ކުރެވި މަސައްކަތްތައް ފެށިފައިނުވެއެވެ. އެހެން ނަމަވެސް މިއީ ފުއްދައިދެއްވާފައިވާ ވައުދެއްކަމަށް ބުނާ ކެމެކެވެ. އެހެން ނަމަވެސް މި ތަފާސް ހިސާބުން ފެނިގެންދާގޮތުން، އެ ވައުދުތައް ފުދުމާއި ގާތްވެސް ނުވެއެވެ.

4 އަހަރުގެ ތެރޭގައި ރައީސް ސާލިހުގެ ސަރުކާރަށް ވަނީ ބަނދަރާއި ޖެޓީ ހެދުމުގެ ޖުމުލަ 46 މަޝްރޫއެއް ނިންމާލެވިފައެވެ. އެހެން ނަމަވެސް ޕީއެސްއައީޕީގެ ތެރެއިން ޖުމުލަކޮށް މި ދާއިރާގެ 92 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާއިރު 11 މަޝްރޫއެއްްގެ ކޮންޓްރެކްޓު ހަވާލު ކުރެވި 35 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށިފައިވާއިރު އަދިވެސް ނިމުމަކަށް އައިސްފައިނުވެއެވެ.

ރާއްޖޭގެ މަގުތަކުގެ މައްސަލައަކީ ޒަމާނުއްސުރެ ހައްލުތަކެއް ގެނެވިފައިނުވާ މައްސަލައެކެވެ. މި ވެރިކަމުގައި މަގު ހެދުމުގެ މަސައްކަތްތަކުގެ ވާހަކަތައް ވަރަށް ގިނައިން ފެންމަތިވެއެވެ. ޒަމާނީ ފެންވަރަށް ތަރައްގީ ކުރާ ކަމުގެ ވާހަކަތައް އިވި ފޮނި އުންމީދުތަކެއްވެސް ކުރެވެއެވެ. މި ދާއިރާގެ ތެރެއިން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނިމިފައިވަނީ 5 މަޝްރޫއެކެވެ. ނުނިމި 21 މަސައްކަތްތައް ވާއިރު، އަދި ނުފެށި 4 މަޝްރޫޢުއެއް އޮތްކަަމަށް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

ދިވެހިން ދުށް ވެރިކަންތަކުގެ ތެރެއިން ރައީސް ސާލިހުގެ މި ވެރިކަމަކީ ތިމާވެއްށީގެ މަސައްކަތްތަކަށް އެންމެ އަހައްމިޔަތުކަން ދޭ ވެރިކަންކަމަށް ބުނުމުގެ ފުރުސަތު އޮވެއެވެ. އިސްވެ ފާހަގަކުރިގޮތަށް އެންމެ ބާކީ ކުރަން އިތުރު މަސައްކަތްތަކެއް ނެތި އެންމެ ގިނަ މަސައްކަތްތައް ނިމިފައިވާ އެއް ދާއިރާއަކީ އިޔާދަ ކުރަނިވި ހަކަތަ ގާއިމު ކުރުމުގެ ދާއިރާއެވެ.

މި ފިކުރާ ވިސްނުމުގެ މަތިން ރައީސް ސާލިހު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުތަކުގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރި އެއްކަމަކީ، ރަށްތައް ގިރަ މައްސަލައިގެ ވާހަކައެވެ. އެކަން ހައްލުކޮށްދިނުމަށް މި ސަރުކާރުންވަނީ ޕީއެސްއައިޕީގެ ތެރެއިން ޖުމުލަކޮށް 38 މަޝްރޫޢުއެއް ކަނޑައަޅާފައެވެ. ވެރިކަން ނިމުމާއި ގާތަައް އައި އިރު ކުރަން ގަސްތު ކުރި މަސައްކަތްތަކުގެ ދެބައި ކޮޅު އެއް ބައިވެސް ނުނިމެއެވެ.

12 މަޝްރޫއެއް ނިމިފައިވާއިރު، 12 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ބުނެއެވެ. އަދި 14 މަޝްރޫއެއްގެ ކޮންޓްރެކްޓުގައި ސޮއި ކުރެވިފައިވާނަމަވެސް އަދި ފެށިފައިނުވެއެވެ.

ދިވެހިން ދިރިއުޅެމުންދަނީ ތޮއްޖެހިފައިވާ ހާލަތެއްގައިކަމަށް ރައީސް ސާލިހު ވަރަށް ގިނައިން ފާހަގަކުރައްވައެވެ. ބޯހިޔާވަހިކަން ހޯދައިދިނުމަށް ހުރި ހުރަހެއް ގޮތުގައި ފާހަގަކުރައްވާ އެއްކަމަކީ ބިން ނެތުމުގެ މައްސަލައެވެ. އެހެންކަމުން މި ސަރުކާރުންވަނީ އެކަން ހައްލުކޮށްދެއްވުމުގެ ނަމުގައި 21 މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައެވެ. ޖުމުލަ 21 މަޝްރޫއެއްގެ ތެރެއިން މިހާރު ނިމިފައިވަނީ 7 މަަސައްކަތެއްކަމަށްވާއިރު 7 މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށްދާކަމަށް ބުނެއެވެ. އަދި 6 މަޝްރޫއެއް ހަވާލު ކުރެވިފައިވާ އިރު އަމަލީ މަސައްކަތްތައް ނުފެށިވާއިރު، މީގެން އެއް މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއި ކުރާ ހިސާބަށް ނުގޮސްވެސް އެބަ އޮތެވެ.

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްވެސް ރައީސް ސާލިހުވަނީ ވައުދުވެފައެވެ. ރައީސް ޔާމީންގެ ސަރުކާރުން ނިންމާފައިވާ ތަންތަނަށް މީހުން ވެއްދުމުގެ މަސައްކަތްތައް މި ސަރުކާރުން ކޮށްފައިވާ ކަމާއިމެދު ޝައްކެއްވެސް ނެތެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ޕީއެސްއަޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ބޯހިޔާވަހިކަން ގާއިމުކޮށްދިނުމަށް ޖުމުލަ 20 މަޝްރޫއެއް ކަނޑައެޅިފައިވާއިރު 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ނިމިފައިކަމަށް ސަރުކާރުން ފާހަގަކޮށްފައިވެއެވެ. އަދި 10 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، ސޮއި ކުރެވިފައިވާ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ފެށިފައިނުވެއެވެ.

ފަތުރުވެރިކަން ފުޅާ ކުރުމުގެ މަގުސަދާއި އެހެނިހެން މަގުސަދުތައް ހާސިލުކުރުމަށްޓަކައި މި ސަރުކާރުންވަނީ ޕީއެސްއައިޕީގެ ތެރެއިން ޖުމުލަކޮށް 5 މަޝްރޫއުއެއް ކަނޑައަޅާފައެވެ. ނިންމާފައިވަނީ 1 އެއަރޕޯޓުގެ މަޝްރޫއުކަމަށްވާއިރު 2 މަޝްރޫއުއެއްގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި 2 މަޝްރޫޢުއެއްގެ އަމަލީ މަސައްކަތް ފެށިފައިނުވެއެވެ.

މި ސަރުކާރުން ތަރައްގީ ކުރުމަށް ބުނި އެއްވެސް ކޯޒްވޭއެއްގެ މަސައްކަތްތައް ނުފެށެއެވެ. ޖުމުލަކޮށް 7 މަޝްރޫޢުއެއްގެ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާއިރު ކޮންޓްރެކްޓުގައި ސޮއި ކުރެވިފައިވަނީ 2 މަޝްރޫއެއްގައެވެ. 5 މަޝްރޫއެއްގެ ކޮންޓްރެކްޓުގައި ސޮއި ކުރުމާއި ހަމައަށްވެސް ގޮސްފައިނުވެއެވެ.

އިންޖީނުގެ އިމާރާތް ކުރުމާއި އިންޖީނުގެ އޮފީސް އިމާރާތް ކުރުމަކީވެސް މި ސަރުކާރުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކެކެވެ. މިހާތަނަށް އިމާރާތް ކުރެވިފައިވަނީ 35 އިންޖީނުގެއެއްކަމަށްވާއިރު އަމަލީ މަސައްކަތްތައް ނުނިމި ހުރި 41 މަޝްރޫއުއެއްވާ އިރު 53 މަޝްރޫއެއްގައި ސޮއި ކުރެވި އަމަލީ މަސައްކަތްތައް ނިމިފައިނުވެއެވެ.

އިންޖީނުގޭގެ އޮފީސް އިމާރާތް ކުރުމުގެ 46 މަޝްރޫއެއްވަނީ ނިމިފައެވެ. ނުނިމި އަމަލީ މަސައްކަތްތައް ކުރިއަށް ދަނީ 70 މަޝްރޫއެއްގައިކަމަށްވާއިރު، އަމަލީ މަސައްކަތްތައް ނުފެށި ކޮންޓްރެކްޓު ސޮއި ކުރެވިފައިވަނީ 50 މަޝްރޫއެއްގެއެވެ. އަދި 2 މަޝްރޫއެއްގެ ކޮންޓްރެކްޓުގައި ސޮއި ކުރުމާއި ގާތަށްވެސް ދެވިފައިނުވެއެވެ.

ތިމާވެށި ރައްކައުތެރި ކުރުމުގެ ނަމުގައި ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުންވަނީ ކުނި މޭނޭޖު ކުރުމުގެ ޖުމުލަ 29 މަޝްރޫޢުއެއް ކަނޑައަޅާފައެވެ. އެގޮތުން 23 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ނިމިފައިވާއިރު 4 ކަމެއްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދެއެވެ. އަދި 2 މަޝްރޫއެއްގެ ކޮންޓްރެކްޓު ހަވާާލު ކުރެވިފައިވާނަމަވެސް އަމަލީ މަސައްކަތްތައް ނިމިފައިނުވެއެވެ. ކުނި މޭނެޖު ކުރުމަށް މި ސަރުކާރުން ވަނީ ޕީއެސްއައިޕީގެ ތެރެއިން 48 މަޝްރޫއެއް ނިންމާފައެވެ.

ބޯފެން ރައްކައުތެރި ކުރުމުގެ ނިޒާމުތައް ގާއިމު ކުރުމަށް ޕީއެސްއައިޕީގެ ތެރެއިން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ނިމިފައިވަނީ 29 ކަމެކެވެ. 13 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، 16 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ފެށިފައިނުވެއެވެ.

ރާއްޖޭގެ މަގުތަކުގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްވެސް މި ސަރުކާރުންވަނީ ޕީއެސްއައިޕީގެ ތެރެއިން 13 މަޝްރޫއެއް ކަނޑައަޅާފައެވެ. މި މަޝްރޫއުގެ ތެރެއިން ނިމިފައިވަނީ 3 މަސައްކަތެކެވެ. އަމަލީ ގޮތުން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ފެނިގެންދަނީ 4 މަޝްރޫއެއްގައިކަމަށްވާއިރު ކޮންޓްރެކްޓުގައި ސޮއި ނުކުރެވި 6 މަޝްރޫއެއް އެބަ އޮތެވެ.

ދީނީ ކަންކަން ދެމެހެއްޓުމަށް މި ސަރުކާރުންވަނީ ޖުމުލަ 31 މިސްކިއްތަތަކެއް ބިނާ ކުރުމަށް ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރެއިން 17 މަސައްކަތެއް ނިމިފައިވާއިރު 14 މަޝްރޫއެއް ނުނިމިވެއެވެ. ސިއްހީ އަދި ތައުލީމީ ދާއިރާގެ ތަރައްގީއަށްވެސް ޕީއެސްއައިޕީގެ ތެރެއިން މަސައްކަތްްތަކެއް ކުރެވިފައިވެއެވެ.

އެގޮތުން ސިއްހީ ނިޒާމުގެ ތަރައްގީއަށް ޖުމުލަ 71 މަޝްރޫއެއް ކަނޑައެޅިފައިވާއިރު ނިމިފައިވަނީ 29 މަސައްކަތެކެވެ. 35 މަޝްރޫއެއްގެ އަމަލީ މަސައްކަތްތައް ކުރެވެމުންދާއިރު ކޮންޓްރެކްޓުގައި ސޮއިކޮށް އަމަލީ މަސައްކަތްތައް ނުފެށި 6 މަޝްރޫއެއް އަދި ކޮންޓްރެކްޓުގައި ސޮއި ނުކުރެވި 1 މަޝްރޫއުވެއެވެ.

ތައުލީމީ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކޮށްފައިވާ މި ސަރުކާރުން ދާއިރާގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫޢުތަކުގެ ތެރެއިން ނިންމާފައިވަނީ 28 މަޝްރޫއެކެވެ. 91 މަޝްރޫޢެއްގެ އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު 16 މަޝްރޫއެއްގެ އަމަލީ މަސައްކަތް ނުފެށި އަދި 2 މަޝްރޫއެއްގެ ކޮންޓްރެކްޓުގައި ސޮއި ނުކުރެވި ވެއެވެ.

މި ސަރުކާރުގެ ޖުމުލަ މަސައްކަތްތަކަށް ބަލާއިރު ނިމިފައިވަނީ 520 މަސައްކަތެއްކަމަށް ބުނާއިރު، ނުނިމި 607 މަސައްކަތެއް ވެއެވެ. އަދި ސޮއި ނުކުރެވި 19މަސައްކަތެއްވެއެވެ. އެހެންކަމުން މިހާރު ވެރިކަން ނިމުމަށް 1 އަހަރު ދުވަހަށްވުރެ ކުރު މުއްދަތެއް އޮތުމާއި އެކު، ރައީސް ސާލިހަކީ ރާއްޖޭގައި އެންމެ ގިނަ މަސައްކަތްތައް ނުނިންމި ރައީސްއަށްވުންވެސް އެކަށީގެންވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: