ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލާ ހަކަތައިން އުފައްދާ ކަރަންޓްގެ އަގު ދެބައިކުޅަ އެއްބައި ހެޔޮވާނެ: އެންވަޔަރަމަންޓް މިނިސްޓްރީ

އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަކަތައިގެ ދާއިރާއިން ވޯލްޑް ބޭންކް ގެ މާލީ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް ކްލައިމްޓް ޗޭންޖްގެ ފަރާތުން ދެ ޕްރޮޖެކްޓެއް ކުރިއަށްގެންދާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

“ސަންގު” ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އެ ޕްރޮޖެކްޓްތަކާއި ބެހޭ މައުލޫމާތު ދެމުން އެންވަޔަރަމަންޓް މިނިސްޓްރީގެ ޕްރޮޖެކްޓްގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު  ވިދާޅުވީ އެތަނުން އެއް ޕްރޮޖެކްޓަކީ އެކްސިލަރޭޓަންގ ސަސްޓެއިނެބަލް ޕްރައިވެޓް އިންވެސްޓްމެންޓް އިން ރިނިވެބަލް އެނަރޖީ ނުވަތަ އެސްޕަޔަރ ޕްރޮޖެކްޓްއެވެ. އަދި ދެވަނަ ޕްރޮޖެކްޓަކީ އެކްސިލަރޭޓިންގ ރިނިވެބަލް އެނަރޖީ އިންޓަގްރޭޝަން އިން ސަސްޓެއިނަބަލް އެނަރޖީ (ރައިސް) ޕްރޮޖެކްޓް ކަމަށެވެ.

މިދެ ޕްރޮޖެކްޓްގެ ބޭނުމަކީ ދިވެހި ދައުލަތުން ތެލަށް ކުރާ ހޭދަ ކުޑަކޮށް ރާއްޖޭގެ ހަކަތައިގެ ބޮޑުބައި އިއާދަ ކުރަނިވި ހަކަތަ އިތުރުކުރުމެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގެ ޓާގެޓްތަކުގެ ތެރޭގައި މުޅި މަޝްރޫއުގެ މައްދަތުގެ ތެރޭގައި 17.5 މެގަވޮޓްގެ ސޯލާ ގާއިމްކޮށް ނިންމަން އަމާޒު ކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެރައިސް ޕްރޮޖެކްޓުން ޖުމްލަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 36 މެގަވޮޓްގެ ސޯލާ ޕީވީސީ ގާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ.

އެސްޕަޔަރ ޕްރޮޖެކްޓްގައި ދެ ކޮމްޕޮނެންޓް އިތުރަށް ހިމެނޭ ކަމަށާއި އެތަނުން އެއް ކޮމްޕޮނެންޓަކީ ބެޓްރި އެނަރޖީ ސްޓޯރޭޖް ސިސްޓަމް ރާއްޖޭގައި ބެހެއްޓިގެންދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. ބެޓްރި އެނަރޖީގެ ކެޕޭސިޓީ އަކީ 40 މެގަވޮޓްއެވެ.

ބެޓްރި އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމް ކުރަނީ އެސްޕަޔަރ އަދި އެރައިސް ޕްރޮޖެކްޓްގެ ސޯލާ ޕީވީސީ ހަރުކުރާ ރަށްރަށުގައެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ގްރިޑް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެރައިސް ޕްރޮޖެކްޓްގެ ތެރޭގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

2018 ވަނަ އަހަރު ތެރޭގައި އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން 1.5 މެގަވޮޓްގެ ސޯލާ ޕީވީ ހުޅުމާލޭގެ 1000 ހައުސިންގ ޔުނިޓްގެ ފުރާޅުގައި ވަނީ ހަރުކުރެވިފައެވެ.

މިވަގުތު ކުރިއަށްދަނީ އެސްޕަޔަރ ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ސިނަމާލެ ބްރިޖް ލިންކް ރޯޑްގައި 5 މެގަވޯޓްގެ ސޯލާ ހަރުކުރުމުގެ މަސައްކަތެވެ. އިތުރު ސޯލާ ޕީވީ ހުޅުމާލޭގެ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސޯލާ ޕީވީ ހަރުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑްގެ އެންސިސް ކުންފުންޏާ ކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިނަމާލެ ބްރިޖާއި އެއަރޕޯޓާއި ދެމެދު އޮތް ލިންކް ރޯޑްގައި ސޯލާ ހަރުކުރުމަށް ބޭނުންވާ ސްޓީލް ސްޓްރަކްޗަރ އެއް ހެދުމުގެ މަސައްކަތް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ސްޓްރަކްޗަރގެ ބޮޑު ބައެއް ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ލަފާކުރާ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެސްޕަޔަރ އަދި އެރައިސް ޕްރޮޖެކްޓްގެ މޮޑެލް އަކީ ޕީޕީއޭ ގެ މޮޑެލް އެކެވެ، ޕަރ ޕާޗޭސް އެގްރީމެންޓެއްގެ ދަށުން އިންވެސްޓަރަކު އައިސް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދެއްގައި އެ އިންވެސްޓަރުގެ ފައިސާގައި ސޯލާ ޕީވީގެ ނިޒާމް ގާއިމްކޮށް ކަރަންޓް އުފައްދާ އެ ކަރަންޓް ދައުލަތަށް ވިއްކަނީ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން މިކަމުގައި ސަރުކާރަށް އޮތް ފައިދާ އަކީ ތެލުން އުފައްދާ ކަރަންޓަށް ހަރަދުވާ ފައިސާގެ އަދަދަށް ވުރެ ސޯލާ ހަކަތައިން އުފައްދާ ކަރަންޓްގެ އަގު ދެބައި ކުޅަ އެއްބައި އަގުހެޔޮ ކޮށް ލިބުން ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެސްޕަޔަރގެ ފަސް މެގަވޮޓް އިން އުފައްދާ ކަރަންޓް ގުޅޭނީ ސްޓެލްކޯގެ މެއިން ގްރިޑަށް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެސްޕަޔަރ އަދި އެރައިސް ޕްރޮޖެކްޓަށް ސަރުކާރުގެ ފަރާތުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށާއި އެ ޕްރޮޖެކްޓަކީ ޕްރައިވެޓް އިންވެސްޓްމެންޓް އުސޫލުން ވޯލްޑް ބޭންކް ގެރެންޓީ މެނޭކިޒަމްގެ ތެރެއިން ޕްރައިވެޓް އިންވެސްޓަރަކު ހަރަދުކޮށް މެެއިންޓެއިންކުރާ ޕްރޮޖެކްޓެއް ކަމަށް މިނިސްޓަތީން ވަނީ ބުނެފައެވެ. އަދި ޕްރޮޖެކްޓްގެ މުއްދަތަކީ 15 އަހަރެވެ.

މި މަޝްރޫއުގެ ސަބަބުން ދައުލަތުން ތެލަށް ދޭ ސަބްސިޑީ ދޭން ނުޖެހޭ ކަމަށާއި އެކަމުގެ ސަބަބުން އެފައިސާ ރައްކާތެރިކުރެވިގެންދާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: