ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓެއް ފާސްނުކޮށް ދައުލަތުން 5 ބިލިއަން ރުފިޔާ ހަރަދު ކުރި: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް/ ފޮޓޯ: އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓާއި ހިލާފަށް ސަރުކާރުންވަނީ ހަރަދުކޮށްފައިކަމަށް މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ދައުލަތުގެ ބަޖެޓާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަފީފް ވިދާޅުވީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކުން ނޫން ގޮތަކަށް ސަރުކާރަށް ހަރަދު ނުކުރެވޭނެކަމަށެވެ. އެހެން ނަމަވެސް 2023 ގެ ބަޖެޓު ހުށައެޅި އިރު، މި އަހަރުގެ ތެރޭގައި ކޮށްފައިވާ ހަރަދުތަކެއްގެ ގޮތުގައި 5 ބިލިއަން ރުފިޔާ ހިފަނާފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެނާ ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، ހަރަދުތައް އިތުރުވެގެންދާ ނަމަ، ދައުލަތުންޖެހޭނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅަންކަމަށެވެ. އަދި އެއީވެސް ކުރީގެ ބަޖެޓު ދީފައިވާ މުއްދަތު ހަމަވުމުގެ އެއް މަސް ދުވަސް ކުރިން ހުށައަޅަންޖެހޭ ކަމެއް ކަމަށްފާހަގަކުރައްވާ އެނާ ވިދާޅުވީ، ދައުލަތުން 5 ބިލިއަންގެ ހަރަދެއް ކޮށްފައިވަނީ ސަޕްލިމެންޓަރީ ބެޖެޓެއް ފާސްނުކޮށްކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކޮށްފައިވާ ވާހަކަތައް ދައްކާކަމަށް އިޝާރާތްކުރައްވާ އަފީފްވަނީ އެފަދަ ކަމެއް ކުރެވިފައިވާކަމާއިމާއިމެދު ސުވާލު އުފައްދާ، ހަަރަދު ކުޑަ ކުރެވިފައިވާކަމަށް ބުނާ ވާހަކަތަކާއި އިތުރު ފައިސާތަކެއް ހަރަދުކޮށްފައިވުމާއި ފުށު އަރާކަމަށް ފާހަގަކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީއިން ދިވެހިރާއްޖޭގެ އާމްދަނީ އިތުރުވެފައިވާ ވާހަކަވެސް ބުނާކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އާމްދަނީ އިތުރުވެފައިވާނަމަވެސް އިތުރު ފައިސާތަކެއް ހޯދުމުގެ ބޭނުމެއް ނޯންނާނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އަފީފް ވިދާޅުވީ، ފޮރިން މިނިސްޓްރީގެ ބަޖެޓުވެސްވަނީ ވޭތުވެދިޔަ އަހަރާއި ބަލައި 50 މިލިއަން ރުފިޔާއިން އިތުރުކުރެވިފައިކަމަށެވެ. އަދި އެކި ތަންތަނުގައި އެމްބަސީ ހުޅުވައި އެތަންތަނަށް މުވައްޒިފުން ލުމަކީ މިވަގުތު އެންމެ ރަނގަޅު ދަނޑިވަޅު ކަމާއިމެދު މަޖިލީސް މެމްބަރުން ސުވާލު އުފައްދާކަމަށް ފާހަގަކުރައްވާ އަފީފް ވިދާޅުވީ، ފެމިލީ އެލޮވެންސްގެ ނަމުގައިވެސް އެމްބަސީތަކުގެ އިސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޭކަމަށެވެ.

މީގެ އިތުރުން އަފީފްވަނީ ރައީސް ސާލިހުގެ ސަރުކާން ހަރަދު ކުޑަ ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމަށްވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: